Text Uthmani:
إِذۡ يَغۡشَى ٱلسِّدۡرَةَ مَا يَغۡشَىٰ ١٦
Abu Bakr Ibrahim Ali (Bakurube):
އެ ގަސް (އެބަހީ سدرةالمنتهى އެވެ ކިޔުނު ގަސް) ނިވައިކޮށްލާ އެއްޗެއް ނިވައިކޮށްލައެވެ. (ރަނުގެ ގޮއްފުޅަނގިތައް އެ ގަސް ނިވައިކޮށްލައެވެ.)\n• ދަންނައެވެ. سدرة އަކީ ކުންނާރު ގަހަށް ކިޔާ ނަމެކެވެ. منتهى އަކީ ގޮސް ހަމަވާ ތަނެވެ. سدرةالمنتهى އަކީ ހަވަނަ އުޑުގައި ނުވަތަ ހަތްވަނަ އުޑުގައިވާ ގަހަކަށް (ކުންނާރު) ގަހަކަށް ކިޔާ ނަމެކެވެ. އެއީ ކުންނާރު ގަހެކޭ لُغَوِى ގޮތުން ކިޔާފައި އޮތަސް އޭގެ خاصّيّة އާއި، ތާސީރު ހަމައެކަނި الله އަށް މެނުވީ އެނގިގެން ނުވެއެވެ. جنّةالمأوٰى އެވެ ކިޔުނު ސުވަރުގެ ވަނީ އެތާނގައެވެ. އެ ގަހަށް އެކި އިރަށް އެކި ކުލަ އަރާ ކަމުގައި ވެއެވެ. ރީތިކަމުން بيان ކުރަން ނޭނގޭހާ ރީތި ގޮތްތައް އެ ގަހަށް ވާކަމުގައި ވެއެވެ. ރަނުގެ ގޮއްފުޅަނގިތަކުން އެ ގަސްނިވާކޮށްލާ ކަމުގައި ވެއެވެ. އެގަހުގެ ފަތް އެހާ ބޮޑެތިވެފައި، މޭވާވެސް އެހާ ބޮޑު ކަމުގައި ވެއެވެ. އެ ގަހަށް سدرةالمنتهى އެވެ ކިއުނީ އެންމެހައި خلق ތަކުންގެ علم އެ ހިސާބަށް ނިމޭތީ ކަމުގައި ބުނެވުނެވެ. އޭގެ އެކޮޅު އެއްވެސް مخلوق އަކަށް އެނގިގެން ނުވެއެވެ. އަދި ބުނެވުނެވެ. ބިމުގެ އެންމެހާ ކަމެއް އަރައިގެން ގޮސް ނިމެނީ އެ ހިސާބަށެވެ. އަދި ބުނެވުނެވެ. އެންމެހައި شهيد ންގެ ފުރާނަތައް ގޮސް ނިމެނީ އެ ހިސާބަށެވެ. ملائكة ބޭކަލަކުވެސް އޭގެ އެކޮޅަކަށް ވަޑައި ނުގަންނަވައެވެ. އަދި މިނޫން ގޮތްގޮތަށްވެސް ކިޔައިފައި ވެއެވެ. والله أعلم بالصّواب
Office of the president of Maldives:
سدرة المنتهى ފޮރުވައިލި (ފުރިހަމަ) ކަމެއްއައިސް ފޮރުވައިލި ހިނދުގައެވެ.