Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Qasas — Ayah 10

28:10
وَأَصۡبَحَ فُؤَادُ أُمِّ مُوسَىٰ فَٰرِغًاۖ إِن كَادَتۡ لَتُبۡدِي بِهِۦ لَوۡلَآ أَن رَّبَطۡنَا عَلَىٰ قَلۡبِهَا لِتَكُونَ مِنَ ٱلۡمُؤۡمِنِينَ ١٠
އަދި موسى عليه السّلام ގެ މަންމާފުޅުގެ ހިތްޕުޅުމުޅިން (موسى عليه السّلام ގެ خيال ފިޔަވައި) އެހެން ހުރިހާ خيال އަކުން ހުސްވެއްޖެއެވެ. އެބަހީ: ހުރިހާ ވަގުތެއްގައިވެސް ވަނީ موسى عليه السّلام ގެ خيال އެވެ. ތިމަންރަސްކަލާނގެ އެކަމަނާގެ ހިތްޕުޅު ނުހިފެހެއްޓެވިނަމަ އެކަމަނާ އެކަލޭގެފާނުންގެ ވާހަކަ ފައުޅުކުރެއްވުން ގާތްވެގެންވިއެވެ. (އެހެން އެހެއްދެވީ) އެކަމަނާއަކީ (ތިމަންރަސްކަލާނގެ وعد ފުޅު) ތެދުކުރާމީހުންގެ ތެރެއިން މީހަކުކަމުގައި ވުމަށްޓަކައެވެ.