Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Qasas — Ayah 11

28:11
وَقَالَتۡ لِأُخۡتِهِۦ قُصِّيهِۖ فَبَصُرَتۡ بِهِۦ عَن جُنُبٖ وَهُمۡ لَا يَشۡعُرُونَ ١١
އަދި އެކަމަނާ (يعني: موسى عليه السّلام ގެ މަންމަ) އެކަލޭގެފާނުން يعني: موسى عليه السّلام ގެ أُخْتކަމަނާ އަށް ވިދާޅުވިއެވެ. ކަމަނާ ގޮސް އެދަރިކަލުންގެ އަސަރެއްވޭތޯ ބަލާށެވެ. އެދަރިކަލުންނަށް ވާގޮތެއް ބަލާށެވެ. ދެންފަހެ އެ أخت ކަމަނާ ދުރުދުރުގައި ހުރެގެން އެދަރިކަލުން ދެކެފިއެވެ. (އޭރު އެދަރިކަލުން ވަނީ فرعون ގެ ގަނޑުވަރުގައެވެ. އެދަރިކަލުންނަށް ކިރުދޭނެ މީހަކު ވޭތޯ ބަލަނީއެވެ!) އަދި އެކަމަނާއަކީ އެދަރިކަލުންގެ أخت ކަމެއް އެމީހުންނަށް ކުޑަކޮށްވެސް ނޭނގެއެވެ. إحساس ވެސް ނުވެއެވެ.