Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Qasas — Ayah 12

28:12
۞ وَحَرَّمۡنَا عَلَيۡهِ ٱلۡمَرَاضِعَ مِن قَبۡلُ فَقَالَتۡ هَلۡ أَدُلُّكُمۡ عَلَىٰٓ أَهۡلِ بَيۡتٖ يَكۡفُلُونَهُۥ لَكُمۡ وَهُمۡ لَهُۥ نَٰصِحُونَ ١٢
އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނުގެ މަންމަގެ ކުރިން އެހެން އެއްވެސް ކިރުމައެއްގެ ކިރު އެކަލޭގެފާނަށް މަނާކުރެއްވީމެވެ. (އެކަލޭގެފާނު އެގަނޑުވަރުގައި ތިންދުވަސް ވީއިރުވެސް އެއްވެސް އަންހެނެއް ކިރު ނުބެއްލެވިއެވެ. މުޅި އެތަންމިތާނގެ ކިރުމައިން އައިސް އެކަމާ އުޅެއެވެ. އެއްގޮތެއްވެސް ނުވެއެވެ. ދެންފަހެ އެދަރިކަލުންގެ أخت ކަމަނާ އެތަނަށްގޮސް ދެންނެވިއެވެ. އެދަރިކަލުންނަށް ކިރުދީ އޭނާގެ ކަންތަކާއި حوال ވާފަދަ ގެއެއްގެ أهل ވެރި ބައެއްގެ ވާހަކަ އަހުރެން ކަލޭމެންގެ ގާތު ބުނަންހެއްޔެވެ؟ އަދި އެމީހުންވާނީ އެދަރިކަލުންނަށްޓަކައި نصيحة ތެރި إخلاص ތެރި ބަޔަކު ކަމުގައެވެ. (ދެންފަހެ އެކަމަނާ إشارة ކުރީ އެދަރިކަލުންގެ މަންމަގެ ފަރާތަށެވެ. އެކަމަކު އެއީ އެދަރިކަލުންގެ މަންމަކަމެއް އެމީހުންނަކަށް ނޭނގެއެވެ. ދެން މަންމަ ގެނުވައި އެކަމަނާ ކިރުދެއްވުމުން އެދަރިކަލުން ކިރުފޮދު ހިތްޕެވިއެވެ. ދެން އެދަރިކަލުންނަށް ކިރުދެއްވުމަށާއި އެދަރިކަލުން ބެލެހެއްޓުމަށް أُجُوْر ދެއްވާފައި މަންމައާއި حوال ކުރެއްވީއެވެ. އެއަށް إشارة ކުރައްވައި ދެން މިއަންނަ އާޔަތުގައި وحي ކުރެއްވިއެވެ.