Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Qasas — Ayah 27

28:27
قَالَ إِنِّيٓ أُرِيدُ أَنۡ أُنكِحَكَ إِحۡدَى ٱبۡنَتَيَّ هَٰتَيۡنِ عَلَىٰٓ أَن تَأۡجُرَنِي ثَمَٰنِيَ حِجَجٖۖ فَإِنۡ أَتۡمَمۡتَ عَشۡرٗا فَمِنۡ عِندِكَۖ وَمَآ أُرِيدُ أَنۡ أَشُقَّ عَلَيۡكَۚ سَتَجِدُنِيٓ إِن شَآءَ ٱللَّهُ مِنَ ٱلصَّٰلِحِينَ ٢٧
(ދެންފަހެ މިކަމަނާގެ މިވާހަކަތަކަށްފަހު އެކަމަނާގެ ބައްޕަ موسى ގެފާނާ مخاطب ކުރައްވައި) އެބޭކަލަކު ވިދާޅުވިއެވެ. (އޭ موسى އެވެ!) އަހުރެން އެދެނީ އަހުރެން قصد ކުރަނީ އަހުރެންގެ މިތިބަ ދެއަންހެންދަރިންކުރެ އެއްދަރިއަކާއި ކަލޭގެފާނާއި ކާވެނިކޮށްދެއްވުމަށެވެ. އެއީ އަށްއަހަރުވަންދެން (ބަކަރިތައް ބަލަހައްޓަވައި ކާންދެއްވައި ހެއްދެވުމަށް) މިގޭގައި ހުންނެވުމުގެ އުޖޫރައިގެ މައްޗަށެވެ. އަދި ދިހައަހަރު ފުރިހަމަކޮށްދެއްވައިފިނަމަ އެއީ ދެން ކަލޭގެފާނުންގެ ކަމެކެވެ. إختيار އެކެވެ. އަދި އެއްވެސްގޮތަކުން ކަލޭގެފާނަށް ދަތިކުރާކަށް އަހުރެން ބޭނުމެއްނޫނެވެ. ﷲ އިރާދަކުރެއްވިއްޔާ ކަލޭގެފާނަށް އަހުރެން ފެނިވަޑައިގަންނަވާނީ صالح ންގެ ތެރެއިންވާ މީހަކުކަމުގައެވެ.