Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Qasas — Ayah 28

28:28
قَالَ ذَٰلِكَ بَيۡنِي وَبَيۡنَكَۖ أَيَّمَا ٱلۡأَجَلَيۡنِ قَضَيۡتُ فَلَا عُدۡوَٰنَ عَلَيَّۖ وَٱللَّهُ عَلَىٰ مَا نَقُولُ وَكِيلٞ ٢٨
موسى عليه السّلام ވިދާޅުވިއެވެ. އެއީ يعني: އަށްއަހަރުދުވަހު خدمة ގައި ހުރުމުގެ މައްޗަށް ކާވެނިކޮށްދެއްވުން އެއީ އަޅުގަނޑާއި شَيْخُ އާއި ދެމެދު އޮތް އަމާނާތެކެވެ. އަދި ދިހައަހަރުގެ މުއްދަތާއި ދެމުއްދަތުންކުރެ ކޮންމެ މުއްދަތެއް އަހުރެން ހަމަކުރިޔަސް އަހުރެންގެ މައްޗަކަށް عدواة ތެރިކަމެއް ނުވެއެވެ. އޮވެގެން ނުވާނެއެވެ. (އެގޮތުގެމައްޗަށް އެކަން ނިމުނީއެވެ.) އަދި އަހުރެމެން މިބުނާ ބުނުމުގެ މައްޗަށް ﷲ وكيل އެވެ. އެކަލާނގެ ހެކިވެވޮޑިގެންވެއެވެ.