Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Qasas — Ayah 29

28:29
۞ فَلَمَّا قَضَىٰ مُوسَى ٱلۡأَجَلَ وَسَارَ بِأَهۡلِهِۦٓ ءَانَسَ مِن جَانِبِ ٱلطُّورِ نَارٗاۖ قَالَ لِأَهۡلِهِ ٱمۡكُثُوٓاْ إِنِّيٓ ءَانَسۡتُ نَارٗا لَّعَلِّيٓ ءَاتِيكُم مِّنۡهَا بِخَبَرٍ أَوۡ جَذۡوَةٖ مِّنَ ٱلنَّارِ لَعَلَّكُمۡ تَصۡطَلُونَ ٢٩
ދެންފަހެ موسى عليه السّلام އެމުއްދަތު ހަމަކުރައްވާ ނިންމެވުމަށްފަހު އެހިނދުން (مصر އަށް ވަޑައިގަތުމަށްޓަކައި އެކަލޭގެފާނުންގެ أهل ވެރިންނާއިއެކު (ރޭގަނޑު) ހިންގަވާފައި ވަޑައިގެންނެވިއެވެ. އަދި طور ފަރުބަދައިގެ ގާތުން އެއްފަރާތުން އެކަލޭގެފާނު އަލިފާނެއް ދެކެވަޑައިގެންނެވިއެވެ. އަދި أهل ވެރިންނަށް ވިދާޅުވިއެވެ. ތިޔަބައިމީހުން މިތާ ލަސްވެލައިތިބޭށެވެ. އަހުރެންނަށް އަލިފާނެއް ފެނިއްޖެއެވެ. އެތަނުން خبر އަކާއިގެން ނުވަތަ ތިޔަބައިމީހުން ހީފިލުވުމަށްޓަކައި އަލިފާންބުރިއަކާއިގެން ނުވަތަ އަލިފާން ދަރުބުރިއަކާއިގެން އައުމަށް أمّيد ކުރެވެއެވެ.