Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Divehi, Dhivehi, Maldivian.

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Qasas — Ayah 56

28:56
إِنَّكَ لَا تَهۡدِي مَنۡ أَحۡبَبۡتَ وَلَٰكِنَّ ٱللَّهَ يَهۡدِي مَن يَشَآءُۚ وَهُوَ أَعۡلَمُ بِٱلۡمُهۡتَدِينَ ٥٦
(އޭ رسول ﷲ އެވެ!) ކަލޭގެފާނު ލޯބިފުޅުވާ މީހަކަށް ތެދުމަގު ދެއްކެވުން ކަލޭގެފާނަކަށް ނުވެއެވެ. އަދި އެހެންނަމަވެސް ﷲ އެދިވޮޑިގަންނަވާ ފަރާތަކަށް އެކަލާނގެ ތެދުމަގު ދައްކަވައެވެ. އަދި ތެދުމަގު ލިބިގަންނާނޭ ބަޔަކު އެކަލާނގެ ދެނެވޮޑިގަތުން ބޮޑެވެ. • ދަންނައެވެ. މިއާޔަތް ބާވައިލެއްވުނީ أبوطالب އާއިމެދުގައިކަމަށް ރިވާވެގެންވެއެވެ. أبوطالب މަރަށް حاضر ވީވަގުތު އެތަނަށް رسول ﷲ ﷺ ވަޑައިގެން އެކަލޭގެފާނު ލޯބިފުޅުވާ ބޮޑުބޭބެ أبوطالب އަށް هِدَايَة ދެއްކެވޭތޯ ވަރަށް މަސައްކަތްޕުޅު ކުރެއްވިއެވެ. ނަމަވެސް أبوطالب އެ كلمة ފުޅު ނުކިއެވެ. صَحَّ ގޮތުގައި ރިވާވެގެންވަނީ އެކަލޭގެފާނު މަރުވީ عبد المطلّب ގެ دين މަތީގައެވެ. إسلام دين ގެ މަތީގައެއްނޫނެވެ. އެކަމާގުޅޭގޮތުން މިއާޔަތް ބާވައިލެއްވި ކަމުގައިވެއެވެ. والله أعلم.