Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Qasas — Ayah 57

28:57
وَقَالُوٓاْ إِن نَّتَّبِعِ ٱلۡهُدَىٰ مَعَكَ نُتَخَطَّفۡ مِنۡ أَرۡضِنَآۚ أَوَلَمۡ نُمَكِّن لَّهُمۡ حَرَمًا ءَامِنٗا يُجۡبَىٰٓ إِلَيۡهِ ثَمَرَٰتُ كُلِّ شَيۡءٖ رِّزۡقٗا مِّن لَّدُنَّا وَلَٰكِنَّ أَكۡثَرَهُمۡ لَا يَعۡلَمُونَ ٥٧
އަދި އެމީހުން ބުންޏެވެ. އެބަހީ: مكّة ގެ مشرك ން ބުންޏެވެ. އަހުރެމެން ކަލޭގެފާނާއިއެކު ތެދުމަގާއި حقّ دين އާއި تبع ވެއްޖެއްޔާއި (އެކިފަރާތްފަރާތުން މީހުން އައިސް) އަހުރެމެން ޖަހައިގަނެގެން ގެންގޮސްފާނެއެވެ. (އޭގެ جواب ގައި ﷲ އެ އަންގަވަނީ) އެމީހުންނަށް ފަހެ ތިމަންރަސްކަލާނގެ އަމާން حرم ފުޅެއް ދެއްވާ ހަމަޖައްސަވާފައި ނުވޭހެއްޔެވެ؟ ތިމަންރަސްކަލާނގެ حضرة ން ދެއްވާ ރިޒުގެއްގެގޮތުން އެތަނަށް ހުރިހާ ތަންތަނެއްގެ މޭވާ (ކާބޯތަކެތި) ޖަމާކުރެއެވެ. އަދި އެކަމަކު އެމީހުންކުރެ ގިނަމީހުންނަކަށް ނޭނގެއެވެ. (ތިމަންރަސްކަލާނގެ އެކަންކަން އެހެން ލައްވާފައިވާކަން ނޭނގޭބާވައެވެ؟)