Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Qasas — Ayah 77

28:77
وَٱبۡتَغِ فِيمَآ ءَاتَىٰكَ ٱللَّهُ ٱلدَّارَ ٱلۡأٓخِرَةَۖ وَلَا تَنسَ نَصِيبَكَ مِنَ ٱلدُّنۡيَاۖ وَأَحۡسِن كَمَآ أَحۡسَنَ ٱللَّهُ إِلَيۡكَۖ وَلَا تَبۡغِ ٱلۡفَسَادَ فِي ٱلۡأَرۡضِۖ إِنَّ ٱللَّهَ لَا يُحِبُّ ٱلۡمُفۡسِدِينَ ٧٧
އަދި ކަލެއަށް ﷲ تعالى ދެއްވިތަކެތީން ކަލޭ آخرة އެދޭށެވެ. (އެބަހީ: އެމުދަލުން آخرة ބާއްޖަވެރިވާނެ عمل ކުރާށެވެ!) އަދި ދުނިޔެއިން ކަލެއަށް ލިބިފައިވާ ބައި (ކަލޭގެ حِصّة) ހަނދާންނައްތާ ނުލާށެވެ! (އެވަގުތުކޮޅުގައި އަދި އެތަކެތީން آخرة ރޯޝަންކުރެވޭފަދަ عمل ކުރާށެވެ!) އަދި ﷲ ކަލެއަށް إحسان ތެރިވެވޮޑިގެންނެވިފަދައިން ކަލޭވެސް މީސްތަކުންނަށް ހެޔޮކޮށްހިތާ إحسان ތެރިވާށެވެ! އަދި ބިމުގައި ފަސާދަކުރަން قصد ނުކުރާށެވެ! ހަމަކަށަވަރުން ފަސާދަކުރާ މީހުންނަށް ﷲ ލޯބިވެވޮޑި ނުގަންނަވާނެއެވެ.