Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Qasas — Ayah 78

28:78
قَالَ إِنَّمَآ أُوتِيتُهُۥ عَلَىٰ عِلۡمٍ عِندِيٓۚ أَوَلَمۡ يَعۡلَمۡ أَنَّ ٱللَّهَ قَدۡ أَهۡلَكَ مِن قَبۡلِهِۦ مِنَ ٱلۡقُرُونِ مَنۡ هُوَ أَشَدُّ مِنۡهُ قُوَّةٗ وَأَكۡثَرُ جَمۡعٗاۚ وَلَا يُسۡـَٔلُ عَن ذُنُوبِهِمُ ٱلۡمُجۡرِمُونَ ٧٨
އޭނާ އެބަހީ: قارون ބުންޏެވެ. އަހުރެންނަށް އެމުދާ ލިބިފައިވާކަން ކަށަވަރީ އަހުރެންގެ ކިބައިގައިވާ ވިޔަފާރީގެ ހުނަރުތައް މޮޅުކަމެވެ. އެކަމުގެ علم ހުރެގެނެވެ. (ﷲ تعالى އޭގެ جواب ގައި وحي ކުރެއްވިއެވެ.) އޭނާގެ ކުރިން އިސްވެދިޔަ أمّة ތަކުގެތެރޭގައި ބާރުގެގޮތުން މާގަދަފަދަ މީހުންނާއި ވިޔަފާރީގެގޮތުން މުދާ އެއްކޮށް ޖަމަޢަކުރުމުގައި މާ ހުނަރުވެރި ކިތަންމެބަޔަކު ﷲ ހަލާކުކުރެއްވިކަން އޭނާއަށް ފަހެ ނޭނގޭބާވައެވެ. (އެއީ އެމީހުން ނުބައިވީހިނދުންނެވެ. ފާފަތަކަށް އަރައި ނުކިޔަމަންތެރިވުމުގެ ސަބަބުންނެވެ.) އަދި ނުބައިމީހުންކުރެން - (مجرم ންކުރެން) - އެމީހުންގެ ފާފަޔާއިމެދު (قيامة ދުވަހުން) ސުވާލު ނުވެވޭނެއެވެ. (އެއީ އެމީހުންގެ ފާފަތަކުގެ ފައުޅުކަން ބޮޑުކަމުންނެވެ.)