Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Ar-Rum — Ayah 46

30:46
وَمِنۡ ءَايَٰتِهِۦٓ أَن يُرۡسِلَ ٱلرِّيَاحَ مُبَشِّرَٰتٖ وَلِيُذِيقَكُم مِّن رَّحۡمَتِهِۦ وَلِتَجۡرِيَ ٱلۡفُلۡكُ بِأَمۡرِهِۦ وَلِتَبۡتَغُواْ مِن فَضۡلِهِۦ وَلَعَلَّكُمۡ تَشۡكُرُونَ ٤٦
އަދި އެކަލާނގެ އެއްކައުވަންތަކަމާއި قدرة ތެރިކަމުގެ دليل ތަކުގެތެރެއިން އެކަލާނގެ ވައިފޮނުއްވުންވެއެވެ. / ވައިޖެއްސެވުންވެއެވެ. އެއީ ވާރޭފެން އައުމުގެ އުފާވެރި ކަމެއްގެ ގޮތުންނެވެ. އަދި އެއީ އެކަލާނގެ رحمة ގެރަހަ (ވާރޭފެން) ކަލޭމެންނަށް ދެއްކެވުމަށާއި އަދި އެކަލާނގެ أمر ފުޅަށް ނައުދޯނގުފަހަރު (މޫދުގައި ދުވާ އުޅަނދު) ދުވުމަށްޓަކައްޔާއި އަދި އެކަލާނގެ فَضل ވަންތަކަމުން ދިރިއުޅުމަށްޓަކައި އެކިއެކި ބޭނުންތައް ތިޔަބައިމީހުން އެދިގަތުމަށްޓަކައިދަތުރުފަތުރު ކުރުމަށެވެ. އަދި ތިޔަބައިމީހުން شكر ކުރުމަށްޓަކައެވެ.