Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Divehi, Dhivehi, Maldivian.

Abu Bakr Ibrahim Ali (Bakurube) translation for Surah Ar-Rum — Ayah 47

30:47
وَلَقَدۡ أَرۡسَلۡنَا مِن قَبۡلِكَ رُسُلًا إِلَىٰ قَوۡمِهِمۡ فَجَآءُوهُم بِٱلۡبَيِّنَٰتِ فَٱنتَقَمۡنَا مِنَ ٱلَّذِينَ أَجۡرَمُواْۖ وَكَانَ حَقًّا عَلَيۡنَا نَصۡرُ ٱلۡمُؤۡمِنِينَ ٤٧
(އޭ رسول ﷲ އެވެ!) އަދި ހަމަކަށަވަރުން ކަލޭގެފާނުންގެ ކުރީގައި އެކިއެކި رسول ބޭކަލުން އެބޭބޭކަލުންގެ قوم އަށް ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. ފަހެ އެބޭކަލުން އެބޭކަލުންގެ قوم ގެ މީހުންގެ ގާތަށް ބަޔާންވެގެންވާ حجّة އާއި دليل އާއިގެން ވަޑައިގެންނެވިއެވެ. (އެކަމަކު އޭގެ ގިނަމީހުން إيمان އެއް ނުވިއެވެ.) ދެންފަހެ ފާފަތައްކޮށް އުރެދުނު މީހުންގެ ކިބައިން ތިމަންރަސްކަލާނގެ ބަދަލު ހިއްޕެވީމެވެ. (އެމީހުން ހަލާކުކުރެއްވީމެވެ. އަދި مؤمن ންނަށް نصر ދެއްވީމެވެ.) އެހެނީ مؤمن ންނަށް نصر ދެއްވުން އެއީ ތިމަންކަލާނގެމައްޗަށް ކަނޑައެޅިގެންވާ حقّ ކަމެކެވެ.