Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Divehi, Dhivehi, Maldivian.

Abu Bakr Ibrahim Ali (Bakurube) translation for Surah Ar-Rum — Ayah 48

30:48
ٱللَّهُ ٱلَّذِي يُرۡسِلُ ٱلرِّيَٰحَ فَتُثِيرُ سَحَابٗا فَيَبۡسُطُهُۥ فِي ٱلسَّمَآءِ كَيۡفَ يَشَآءُ وَيَجۡعَلُهُۥ كِسَفٗا فَتَرَى ٱلۡوَدۡقَ يَخۡرُجُ مِنۡ خِلَٰلِهِۦۖ فَإِذَآ أَصَابَ بِهِۦ مَن يَشَآءُ مِنۡ عِبَادِهِۦٓ إِذَا هُمۡ يَسۡتَبۡشِرُونَ ٤٨
ދުނިޔެމައްޗަށް ވައިފޮނުއްވައި ވައިޖައްސަވަނީ ހަމަ ﷲ އެވެ. ދެން އެވައި ވިލާތައް އުފައްދައި ވިލާތަށް ހަލުވާ حركاة ކުރުވައެވެ. ދެން އެވިލާތައް އެކަލާނގެ އެދިވޮޑިގަންނަވާފަދައަކުން އުޑުގައި (އުޑުމަތީގައި) ފަތުރުއްވައެވެ. އަދި އެކަލާނގެ އެވިލާތައް އެތިއެތިގަނޑަށް ލައްވައެވެ. އަދި އެވިލާގެ އެތިއެތިގަނޑުގެ ދެމެދުން ވާރޭފެން ނިކުންނާތީ ކަލޭ ގެފާނު ދެކެވަޑައިގަންނަވާނެއެވެ. ދެންފަހެ އެކަލާނގެ އަޅުތަކުންކުރެ އެކަލާނގެ އެދިވޮޑިގަންނަވާ ބަޔަކަށް އެފެން ދިމާކުރައްވައިފިއްޔާ (ވާރޭވެއްސަވައިފިއްޔާ) ދެން އެހައިރުން އެމީހުން އުފާކުރެއެވެ. މަޖާކުރެއެވެ.