Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Divehi, Dhivehi, Maldivian.

Abu Bakr Ibrahim Ali (Bakurube) translation for Surah Ar-Rum — Ayah 8

30:8
أَوَلَمۡ يَتَفَكَّرُواْ فِيٓ أَنفُسِهِمۗ مَّا خَلَقَ ٱللَّهُ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَمَا بَيۡنَهُمَآ إِلَّا بِٱلۡحَقِّ وَأَجَلٖ مُّسَمّٗىۗ وَإِنَّ كَثِيرٗا مِّنَ ٱلنَّاسِ بِلِقَآيِٕ رَبِّهِمۡ لَكَٰفِرُونَ ٨
އެމީހުން ފަހެ އެމީހުންގެ نفس ތަކަށް ވިސްނާ فكر ކޮށް ނުހަދަނީބާވައެވެ؟ އެމީހުންގެ نفس ތަކުގައި ލައްވާފައިވާ عجائب ތަކާއި ސިއްރުތަކަށް ވިސްނާ فكر ކޮށް عبرة އެއް حاصل ކުރާނަމަ قيامة ދުވަހަށް إنكار އެއް ނުކުރީހެވެ. އެހެނީ އެހާ ފުރިހަމަކޮށް އިންސާނާ ހައްދަވައި އޭނާ ބަލަހައްޓަވާ ފަރާތަކަށް އޭނާ މަރުއްވައި ދެވަނަފަހަރަށް ދިރުއްވައި محشر އަށް ފޮނުއްވުން އެއްވެސްގޮތަކުން ދަތިނުވާނޭ ރަނގަޅަށް އެނގޭނެއެވެ. އަދި ހަމަ عدل ވެރި حقّ ގޮތުގައި މެނުވީ ﷲ تعالى އުޑުތަކާއި ބިމާއި އަދި އެދެމެދުގައިވާހާ ތަކެތި ހައްދަވާފައި ނުވެއެވެ. އަދި އެއީ ކަނޑައެޅި عيّن ވެގެންވާ ވަކި މުއްދަތަކަށެވެ. އެއީ قيامة ދުވަސް އަންނާންދެންނެވެ. އަދި ހަމަކަށަވަރުން މީސްތަކުން ތެރެއިން ގިނަބަޔަކުވަނީ އެބައިމީހުންގެ ربّ އާއި ބައްދަލުވުމާއިމެދު ދެކޮޅުހަދާ އިންކާރުކުރުމުގައެވެ. ކަނޑައެޅިގެން އެކަމަށް ކާފަރުވެގެންނެވެ.