Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Ar-Rum — Ayah 9

30:9
أَوَلَمۡ يَسِيرُواْ فِي ٱلۡأَرۡضِ فَيَنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلَّذِينَ مِن قَبۡلِهِمۡۚ كَانُوٓاْ أَشَدَّ مِنۡهُمۡ قُوَّةٗ وَأَثَارُواْ ٱلۡأَرۡضَ وَعَمَرُوهَآ أَكۡثَرَ مِمَّا عَمَرُوهَا وَجَآءَتۡهُمۡ رُسُلُهُم بِٱلۡبَيِّنَٰتِۖ فَمَا كَانَ ٱللَّهُ لِيَظۡلِمَهُمۡ وَلَٰكِن كَانُوٓاْ أَنفُسَهُمۡ يَظۡلِمُونَ ٩
އެމީހުން ފަހެ ބިންމަތީ ދަތުރުފަތުރުކޮށް ހިނގާބިނގާވެ ނުހަދަނީބާވައެވެ؟ އަދި އެބައިމީހުންގެ ކުރީގައި އުޅުނު އެބާވަތުގެ މީހުންގެ ނިމުން ހުރީ ކޮންފަދައަކުންތޯ ނިކަން ބަލައިބަލާށެވެ! އެމީހުންވީ މިހާރު މިތިބަ މީހުންނަށްވުރެ ބާރުގެގޮތުން މާގަދަ އަދި ދުނިޔޭގައި އުޅުމުގެ އަސަރުތައް ބިންމަތީގައި މާވަރުގަދަ ބަޔަކުކަމުގައެވެ. އަދި މިމީހުން ބިމުގައި عمارة ކޮށް ގެދޮރު ހެދި ވަރަށްވުރެ އެމީހުން ކުރި عمارة ތައް މާހަރުދަނާވެފައި މޮޅެވެ. އަދި އެމީހުންގެ ގާތަށްވެސް އެމީހުންގެ رسول ބޭކަލުން بيان ވެގެންވާ دليل ތަކާއިގެން ވަޑައިގެންނެވިއެވެ. ދެންފަހެ ﷲ އެމީހުންނަށް އަނިޔާވެރިވެވޮޑިގަތީއެއްނޫނެވެ. އަދި އެހެނެއްކަމަކު އެމީހުންވީ އެމީހުންގެ އަމިއްލަ نفس އަށް އަނިޔާވެރިވީ ބަޔަކުކަމުގައެވެ. އެމީހުން ﷲ އާއި رسول އާ ދޮގުކުރުމުގެ ސަބަބުން ހަލާކުވެގެން ދިޔައީއެވެ. ﷲ އެމީހުނަށް އެކިބާވަތުގެ عذاب ފޮނުއްވައި ހަލާކު ކުރެއްވީއެވެ. ކަލޭމެން އެބާވަތުގެ ކަންކަމުން عبرة حاصل ކުރުމަށް އެފަދަ އެންމެހައި ވާހަކަތައް އެކަލާނގެ ކަލޭމެނަށް އަންގައެވެ.