Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Ahzab — Ayah 24

33:24
لِّيَجۡزِيَ ٱللَّهُ ٱلصَّٰدِقِينَ بِصِدۡقِهِمۡ وَيُعَذِّبَ ٱلۡمُنَٰفِقِينَ إِن شَآءَ أَوۡ يَتُوبَ عَلَيۡهِمۡۚ إِنَّ ٱللَّهَ كَانَ غَفُورٗا رَّحِيمٗا ٢٤
ﷲ ތަޢާލާ އެފަދައިން ކަންތައްހިންގަވަނީ ތެދުވެރިންނަށް އެބައިމީހުންގެ ތެދުވެރިކަމުގެ ޖަޒާދެއްވުމަށެވެ. އަދި ﷲ ތަޢާލާ އެދިވޮޑިގެންފިއްޔާ މުނާފިޤުންނަށް ޢަޒާބުދެއްވުމަށެވެ. ނުވަތަ އެބައިމީހުންގެ މައްޗަށް تَوْبَة ލެއްވުމަށެވެ. ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ގިނަގިނައިން ފާފަފުއްސަވާ އަދި ރަޙުމަތް ލެއްވުން ބޮޑުކަލަކުކަމުގައެވެ.