Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Ahzab — Ayah 25

33:25
وَرَدَّ ٱللَّهُ ٱلَّذِينَ كَفَرُواْ بِغَيۡظِهِمۡ لَمۡ يَنَالُواْ خَيۡرٗاۚ وَكَفَى ٱللَّهُ ٱلۡمُؤۡمِنِينَ ٱلۡقِتَالَۚ وَكَانَ ٱللَّهُ قَوِيًّا عَزِيزٗا ٢٥
ކާފަރުވީ މީހުން - އެބަހީ އަޙްޒާބު ހަނގުރާމައަށް އައި ކާފަރުންގެ ލަޝްކަރުތައް - އެބައިމީހުންނަށް އެބައިމީހުން އެދޭ އެއްވެސް ހެޔޮކަމެއް حَاصِل ވިޔަނުދެއްވައި ﷲ تَعَالى އެބައިމީހުން ރުޅިވެރި ކަމާއި ހިތްދަތި ކަމުން ފުރިގެންވުމާއި އެކު އައިކޮޅަށް ރައްދުކުރައްވައިފިއެވެ. އެކޮޅަށް (ބޮޑުގެއްލުމާއެކު) ފޮނުވައިލެއްވިއެވެ. އަދި مُؤمِن ންގެ ފަރާތުން ﷲ تَعَالى ހަނގުރާމަ ފުއްދަވައިދެއްވައިފިއެވެ. (އެއީ އެކަލާނގެ މަލާއިކަތް ބޭކަލުންގެ ލަޝްކަރަކާއި ވައިގެ ލަޝްކަރެއްވެސް ފޮނުއްވައިގެންނެވެ.) އަދި ﷲ تَعَالى ވޮޑިގެންވަނީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ ގަދަފަދަވަންތަ ކަލަކު ކަމުގައެވެ.