Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Divehi, Dhivehi, Maldivian.

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Ahzab — Ayah 26

33:26
وَأَنزَلَ ٱلَّذِينَ ظَٰهَرُوهُم مِّنۡ أَهۡلِ ٱلۡكِتَٰبِ مِن صَيَاصِيهِمۡ وَقَذَفَ فِي قُلُوبِهِمُ ٱلرُّعۡبَ فَرِيقٗا تَقۡتُلُونَ وَتَأۡسِرُونَ فَرِيقٗا ٢٦
އަދި އެކާފަރު ލަޝްކަރު ތަކާއި އެހީވެ ވާގިވެރިވި أَهل كِتَاب ންގެ މީހުން (މަދީނާގައި ތިބި ޔަހޫދީންގެ بَنُو قُريضَة ވަންހައިގެ މީހުން) އެމީހުންގެ ކިއްލާތަކުން އެކަލާނގެ ނެރުއްވައިފިއެވެ. (އެއީ رَسُوْلُ الله صَلَّي الله عَلَيْه وَسَلَّم އާ ދެމެދުއޮތް ޢަހުދު އެމީހުން އުވައިލުމުގެ ސަބަބުންނެވެ.) ފަހެ އެބައިމީހުންގެ ހިތްތަކަށް ނުހަނު ބިރުވެރިކަން ވަދެ އޭގެތެރެއިން އެއްބަޔަކު މަރައި އަނެއްބަޔަކު ހިފައިހައްޔަރު ކޮށް أسيرން ކަމުގައި ކަލޭމެން މުއުމިނުން ހެދީމުއެވެ. (އެމީހުންގެ ތެރޭގައި ތިބި ބޮޑެތި ފިރިހެނުންމަރައި އަންހެނުންނާއި ކުޑަކުދިން أسير ކުރީމުއެވެ. (އެއީ އެމީހުންނާމެދު سَعْدُ بن مُعَاذ ކުރެއްވި ހުކުމެވެ. އެ ޙުކުމަކީ ހަތްވަނަ އުޑުގެ މަތީގެ ޙުކުމެއްކަމުގައި رَسُوْلُ الله صَلَّي الله عَلَيْه وَسَلَّم ޙަދީޘް ކުރެއްވިއެވެ.)