Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Ahzab — Ayah 4

33:4
مَّا جَعَلَ ٱللَّهُ لِرَجُلٖ مِّن قَلۡبَيۡنِ فِي جَوۡفِهِۦۚ وَمَا جَعَلَ أَزۡوَٰجَكُمُ ٱلَّٰٓـِٔي تُظَٰهِرُونَ مِنۡهُنَّ أُمَّهَٰتِكُمۡۚ وَمَا جَعَلَ أَدۡعِيَآءَكُمۡ أَبۡنَآءَكُمۡۚ ذَٰلِكُمۡ قَوۡلُكُم بِأَفۡوَٰهِكُمۡۖ وَٱللَّهُ يَقُولُ ٱلۡحَقَّ وَهُوَ يَهۡدِي ٱلسَّبِيلَ ٤
الله تَعَالي އެއްވެސް މީހެއްގެ އެތެރެ ހަށީގައި ދެހިތްނުލައްވައެވެ. އަދި ކަލޭމެން އެކަނބަލުން މައެކޭ ހަމަކުރި ކަލޭމެންގެ އަނބީން އެއީ ކަލޭމެންގެ މައިންކަމުގައި ވެސް އެކަލާނގެ ނުލައްވައެވެ. އަދި އެހެންމީހެއްގެ ދަރިއެއް އެއީތިމާގެ ދަރިއެއް ކަމުގައި ކަލޭމެން އަމިއްލައަށް ހެދިޔަސް އެއީކަލޭމެންގެ އުފަންދަރިއެއް ކަމުގައި ﷲ ނުލައްވައެވެ. މިއިން ކޮންމެ ބަހަކީވެސް ހަމަކަލޭމެންގެ އަނގަތަކުން ނުކުންނަ (އެއްވެސް ޙަޤީޤަތެއްނެތް) ހުސްވާހަކަތަކެކެވެ. އަދި ﷲ އެ ވަޙީ ކުރައްވަނީ ޙައްޤު އެވެ. އަދި ސީދާ ތެދުމަގު ދައްކަވާނީވެސް ހަމަ އެކަލާނގެއެވެ.\n* ދަންނައެވެ. ހަތަރުވަނަ އާޔަތުގައި އެވާ ފުރަތަމަ ތިން ނުގުތާއަކީ ހަމަ ބާތިލު ތިންވާހަކައެވެ. އެއްވެސް މީހަކަށް ދެހިތެއްނުވެއެވެ. ﷲ އަށް ލޯބިވާ ހިތެއް އޮވެފައި ކާފަރުންނަށް ލޯބިވާ ހިތެއް ނުވަތަ އީމާންކަމަށް ލޯބިވާ ހިތެއްއޮވެފައި ކާފަރު ކަމަށް ލޯބިވާ ހިތެއް އޮތުމަކީ ވާނޭކަމެއް ނޫނެވެ. ހަމައެފަދައިން ތިމާގެ އަނބިމީހާ މަޔެކޭ ހަމަކުރިޔަސް އެހެންވާނީކިހިނެއްހެއްޔެވެ؟ މަންމައަކީ އެމީހެއްބަނޑުން ތިމާނުކުތް މީހާއެވެ. އެއީ އެންމެމީހެކެވެ. އެއީވެސް މުޅިން ދޮގު ބުނުމެކެވެ. ދެންއޮތީ ތިމާގެދަރި ނޫން އެހެން މީހެއްގެ ދަރިއެއް ތިމާގެ ދަރި އަކު ކަމުގައި ހަދައި ވާރުތަވެސް ކޮށްހެދުމެވެ. زَيْد بُن حَارثَة އަށް زَيْد بُن مُحَمَّد އޭ ކިޔައިގެން ދުވަސްގަނޑެއްގައި އުޅުނީވެސް އެގޮތުންނެވެ. އެ ކޮންމެ ވާހަކައަކީ ބާތިލު ވާހަކަ އެއްކަން ﷲ މިއާޔަތުން އެ ވަޙީ ކުރައްވަނީއެވެ. ޖާހިލިއްޔަ ޒަމާނުގައި އެބާވަތުގެ ބައެއް ކަންތަށް ހުރިނަމަވެސް އިސްލާމް ދީނުގައި އެކަންކަމުގެ ޙުކުމްތަށް ބާވައިލެއްވުމަށްފަހު އޭގެ ކުރީގެ ވާހަކަތަށް ބާތިލުވީއެވެ. ދެން ތިމާގެ ދަރިނޫން އެހެން ދަރިއެއްކަމުގައި ހަދައިގެން އުޅުނު މައްސަލާގައި ހަދަންވީގޮތް ﷲ ދެން މިއަންނަ އާޔަތުގައި އެއަންގަވަނީއެވެ.