Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Ahzab — Ayah 5

33:5
ٱدۡعُوهُمۡ لِأٓبَآئِهِمۡ هُوَ أَقۡسَطُ عِندَ ٱللَّهِۚ فَإِن لَّمۡ تَعۡلَمُوٓاْ ءَابَآءَهُمۡ فَإِخۡوَٰنُكُمۡ فِي ٱلدِّينِ وَمَوَٰلِيكُمۡۚ وَلَيۡسَ عَلَيۡكُمۡ جُنَاحٞ فِيمَآ أَخۡطَأۡتُم بِهِۦ وَلَٰكِن مَّا تَعَمَّدَتۡ قُلُوبُكُمۡۚ وَكَانَ ٱللَّهُ غَفُورٗا رَّحِيمًا ٥
އެފަދަކުދިން - އަދި މީހުންވެސް އެމީހުންގެ އަސްލުބައްޕައަށް ނިސްބަތް ކުރާށެވެ. (ކުއްޖާގެ ފަހަތަށް އަސްލު ބައްޕަގެ ނަންކިޔާށެވެ.) ﷲ ގެ ޙަޞްރަތުގައި ޢަދުލުވެރިކަން ބޮޑީއެގޮތެވެ. އަދި އެކުއްޖެއްގެ އަސްލު ބައްޕަ ނޭނގޭކަމުގައިވެފައި އަދި އެކުއްޖަކީ މުސްލިމެއްކަމުގައިވަންޏާ އެއީ ދީނީގޮތުން ކަލޭމެންގެ އަޚެކެވެ. (އެކުއްޖަކަށް އަޚުގެ ނަމުން ކިޔާށެވެ.) ދެންއެހެންޏާ مَوْلَي އެވެ ކިޔާށެވެ. އަދި ކަލޭމެނަށް ނޭނގިގެން އޮޅުމަކުން ވެފައިހުރި އެބާވަތުގެ ކަންކަމާއިމެދު ކަލޭމެންގެ މައްޗަށް އެކަމުގެ ކުށެއްނެތެވެ. އެކަމަކު ކުށަކަށް ވާނީ ހިތުގެ ޔަޤީން ކަމާއިއެކު ގަސްދުގައި ކުރާކަންތަކުންނެވެ. (އެބަހީ މިސާލަކަށް ކުއްޖާގެ ބައްޕަކަން ރަނގަޅަށް އެނގިހުރުމާއިއެކު ބައްޕަނޫން މީހަކަށް އެކުއްޖާ ނިސްބަތް ކުރުމުންނެވެ.) އަދި ﷲ ވޮޑިގެންވަނީ ގިނަގިނައިން ފާފަފުއްސަވާ ރަޙުމަތް ލެއްވުން ބޮޑުވެގެންވާ ކަލަކުކަމުގައެވެ.