Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Ahzab — Ayah 6

33:6
ٱلنَّبِيُّ أَوۡلَىٰ بِٱلۡمُؤۡمِنِينَ مِنۡ أَنفُسِهِمۡۖ وَأَزۡوَٰجُهُۥٓ أُمَّهَٰتُهُمۡۗ وَأُوْلُواْ ٱلۡأَرۡحَامِ بَعۡضُهُمۡ أَوۡلَىٰ بِبَعۡضٖ فِي كِتَٰبِ ٱللَّهِ مِنَ ٱلۡمُؤۡمِنِينَ وَٱلۡمُهَٰجِرِينَ إِلَّآ أَن تَفۡعَلُوٓاْ إِلَىٰٓ أَوۡلِيَآئِكُم مَّعۡرُوفٗاۚ كَانَ ذَٰلِكَ فِي ٱلۡكِتَٰبِ مَسۡطُورٗا ٦
މުއުމިނުންނަށް އެމީހުންގެ ނަފުސުތަކަށްވުރެވެސް ޙައްޤުކަންބޮޑީ މާތްވެގެންވާ ނަބިއްޔާއެވެ. (އެބަހީ ތިމާގެ އަމިއްލަ ނަފުސަށްވުރެވެސް ބޮޑަށް ތިމާ ދިފާއުކުރަންޖެހޭނީ އެކަލޭގެފާނުންގެ ނަފްސުފުޅެވެ. އަދި ތިމާގެ މަސްލަހަތަށްވުރެ ބޮޑަށް އިސްކަންކުރަންޖެހޭނީ އެކަލޭގެފާނުންގެ މަސްލަހަތަށެވެ. އެގޮތް ނެތްނަމަ އީމާންކަން ޞައްޙައެއް ނުވާނެއެވެ. އެގޮތުގެމައްޗަށް ދަލީލުކުރާ އެތަކެއް ޙަދީޘްވެސް ވެއެވެ.) އަދި އެކަލޭގެފާނުންގެ އަނބިއަނބިކަނބަލުންނީ މުއުމިނުތަކުންގެ މައިންނެވެ. (އަބަދު تَعْظِيم ކުރުމުގެ ގޮތުން އުފަންމަންމަ ފަދައެވެ. އެކަނބަލުންނާއި ކާވެނިކުރުންވެސް އެހެން މައިންނެކޭއެއްފަދައިން ޙަރާމްވެގެންވެއެވެ.) އަދި ގާތްތިމާގެ މީހުން (މުދާވާރުތަވުމުގެ ގޮތުންވެސް) މާ ޙައްޤުކަންބޮޑެވެ. އެއީ ﷲ ގެ ފޮތުގައި އެކަންކަނޑައެޅިފައިފާގޮތެވެ. (އެއީ لَوْح المَحْفُوظ ގައި ނުވަތަ ޤުރުއާނުގައި ނުވަތަ ވާރުތަމުދާ ބަޔާންކުރެއްވި އާޔަތުގައި ބަޔާންވެގެންވާ ގޮތެވެ.) މުހާޖިރުންނާއި ދެންވެސް އެހެން ދުރު މުއުމިނުން އެއްބަޔަކުއަނެއްބަޔަކު ވާރުތަކުރުމަށްވުރެ ގާތް މީހުންވާރުތަވުން ޙައްޤުކަން ބޮޑެވެ. ނަމަވެސް ޞަދަޤާތް އެއްކުރުން ނުވަތަ ވަޞިއްޔަތުގެ ގޮތުން ދުރުމީހުންނަށް އެހީވެ ހެޔޮފޯރުކުރުން ހުއްދައެވެ. އެކަންތައްތައް لَوْح المَحْفُوظ ގައި ނުވަތަ ކީރިތި ޤުރުއާނުގައި ކަނޑައެޅި ބަޔާންވެގެންވެއެވެ.\n* ދަންނައެވެ. އިސްލާމްދީނުގެ ކުރީކޮޅުގައި ގާތްތިމާގެ މީހުން ފިޔަވައިވެސް ހިޖުރަ ކުރުމުގެ ގޮތުންނާއި ޢަހުދުގެ ގޮތުން މުދާވާރުތަ ވުމުގެ ޤަވާޢިދެއްއޮތެވެ. ނަމަވެސް ވާރުތަ މުދާބެހުމުގެ ޙުކުމްތަށް ބަޔާންވެގެންވާ އާޔަތްބާވައިލައްވުމުންނާއި އަދި މިފަދަ އާޔަތްތަކުން އެކަން މަންސޫޚުވެގެން ދިޔައީއެވެ. މިހާރުމުދާ ވާރުތަވަނީ ފަހުންބާވައިލެއްވި އާޔަތުގައިވާ ޤަވާޢިދުން ގާތްތިމާގެ މީހުންގެ މެދުގައެވެ. އެހެންނަމަވެސް ހެޔޮކަން ހިންގުމުގެ ގޮތުން ހެޔޮފޯރުކުރުމުގެ ދޮރު ހުޅުވިގެންވެއެވެ. وَالله أَعْلَم.....