Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Divehi, Dhivehi, Maldivian.

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Ahzab — Ayah 7

33:7
وَإِذۡ أَخَذۡنَا مِنَ ٱلنَّبِيِّـۧنَ مِيثَٰقَهُمۡ وَمِنكَ وَمِن نُّوحٖ وَإِبۡرَٰهِيمَ وَمُوسَىٰ وَعِيسَى ٱبۡنِ مَرۡيَمَۖ وَأَخَذۡنَا مِنۡهُم مِّيثَٰقًا غَلِيظٗا ٧
އަދި ތިމަން ރަސްކަލާނގެ نبي ބޭކަލުންގެ ކިބައިން عهد ކަށަވަރު ހިތްޕެވިހިނދުމަފުޅުކުރައްވާށެވެ. (އޭ رسول الله އެވެ!) އަދި ކަލޭގެފާނުންގެ ކިބައިންނާއި نوح ގެފާނާއި إبراهيم ގެފާނާއި موسى ގެފާނާއި އަދި مريم ގެ ދަރިކަލުން عيسى ގެފާނާއި (عليهِمُ السلام) މިއެންމެ ބޭކަލުންގެ ކިބައިން ميثاق ހިތްޕެވީމެވެ. އަދި އެބޭކަލުންގެ ކިބައިން ގަދަވެގެންވާ عهد ހިތްޕެވީމެވެ. * އެންމެހައި ނަބީބޭކަލުންގެ ކިބައިން ހިތްޕެވި عهد އަކީ -الله އަށް އަޅުކަން ކުރުމަށާއި- އަދި اللهފިޔަވައި އެހެންފަރާތަކަށް އަޅުކަން ކުރެއްވުން ދޫކުރެއްވުމަށާއި -އޭގެ އެއްބޭކަލަކު އަނެއްބޭކަލަކު ތެދު ކުރެއްވުމަށާއި- އަދި އެބޭކަލުންގެ قوم ތަކަށް نصيحة ދެއްވައި رسالة އިއްވެވުމަށެވެ. އަދި އާޔަތުގައި ނަންގަނެވިގެންވާ ފަސްބޭކަލުން خاص ގޮތެއްގައި ނަންގަނެވިގެން އެވަނީ أُولواْلعَزْمِ ގެ ފަސްބޭކަލުންކަމުގައިވެފައި ބޮޑެތި شريعةތަކުގެ ބޭކަލުން ކަމުގައި ވެފަޔާއި އަދި އެބޭކަލުންނަށްވާ ޝަރަފެއްގެ ގޮތުންނެވެ. އަދި محمد ﷺ އަކީ އެންމެ ފަހުގެ نبي އާކަމުގައި ވެފައި ލިސްޓްގެ އެންމެ ކުރީގައި އެނަންފުޅުވުމަކީ އެކަލޭގެފާނަށްވާ އިތުރު شرف އަކާއި މާތްކަމެކެވެ. والله أعلم - زُبْدَة التَّفْسِيْر.