Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Ahzab — Ayah 49

33:49
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِذَا نَكَحۡتُمُ ٱلۡمُؤۡمِنَٰتِ ثُمَّ طَلَّقۡتُمُوهُنَّ مِن قَبۡلِ أَن تَمَسُّوهُنَّ فَمَا لَكُمۡ عَلَيۡهِنَّ مِنۡ عِدَّةٖ تَعۡتَدُّونَهَاۖ فَمَتِّعُوهُنَّ وَسَرِّحُوهُنَّ سَرَاحٗا جَمِيلٗا ٤٩
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކަލޭމެން مؤمن އަންހެނުންނާ އިނދެފައި އެބަހީ - ކައިވެނި عقد ކޮށްފައި - އެކަނބަލުންނާއި جماع ވުމުގެ ކުރިން ވަރިކޮށްފިއްޔާ ކަލޭމެންނަށްޓަކައި ހަމަކުރާނެ عدة އެއް އެކަނބަލުންގެ މައްޗަކަށް ވާޖިބުވެގެންނުވެއެވެ. عدة ހަމަކުރުމެއްނެތެވެ. ދެން ކައިވެނި عقد ކުރިކަމަށްޓަކައި މުދަލުގެ ތެރެއިން ކޮންމެވެސް މިންވަރެއް އެކަނބަލުން ބޭނުން ކޮށްލަން ދޭށެވެ. (ބައެއް ބޭކަލުން ވިދާޅިވަނީ ކައިވެނި ރަން ކަނޑައެޅިފައި އޮތްނަމަ އޭގެ ދެބައިކުޅަ އެއްބައި ދިނުމަށެވެ. ރަން ކަނޑައެޅިފައި ނެތްނަމަ ކޮންމެވެސް މިންވަރެއްގެ މުދަލެއް ދިނުމެވެ. އަދި އެއީ ފިރިހެންމީހާގެ ފޯރުންތެރިކަން ހުރިވަރަކުން ދެވޭދިނުމެކެވެ. އެއީ واجب އެއްކަމުގައި ބައެއް مفسرން ވިދާޅުވެއެވެ. والله أعلم ދެން އެކަނބަލުން އެކަނބަލުންގެ އަހުލުވެރިން ގާތަށް ދިއުމަށް ރިވެތި ގޮތުގައި އުނދަގުލަކާ ނުލައި އިޒުނަދޭށެވެ.