Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Ahzab — Ayah 50

33:50
يَٰٓأَيُّهَا ٱلنَّبِيُّ إِنَّآ أَحۡلَلۡنَا لَكَ أَزۡوَٰجَكَ ٱلَّٰتِيٓ ءَاتَيۡتَ أُجُورَهُنَّ وَمَا مَلَكَتۡ يَمِينُكَ مِمَّآ أَفَآءَ ٱللَّهُ عَلَيۡكَ وَبَنَاتِ عَمِّكَ وَبَنَاتِ عَمَّٰتِكَ وَبَنَاتِ خَالِكَ وَبَنَاتِ خَٰلَٰتِكَ ٱلَّٰتِي هَاجَرۡنَ مَعَكَ وَٱمۡرَأَةٗ مُّؤۡمِنَةً إِن وَهَبَتۡ نَفۡسَهَا لِلنَّبِيِّ إِنۡ أَرَادَ ٱلنَّبِيُّ أَن يَسۡتَنكِحَهَا خَالِصَةٗ لَّكَ مِن دُونِ ٱلۡمُؤۡمِنِينَۗ قَدۡ عَلِمۡنَا مَا فَرَضۡنَا عَلَيۡهِمۡ فِيٓ أَزۡوَٰجِهِمۡ وَمَا مَلَكَتۡ أَيۡمَٰنُهُمۡ لِكَيۡلَا يَكُونَ عَلَيۡكَ حَرَجٞۗ وَكَانَ ٱللَّهُ غَفُورٗا رَّحِيمٗا ٥٠
އޭ نبي އާއެވެ! (ﷺ) (1) ކަލޭގެފާނު އެކަނބަލުންނަށް ކައިވެނި ރަން ދެއްވައިގެން ކައިވެނި ކުރައްވާފައިވާ އަނބިއަނބިކަނބަލުން ހަމަކަށަވަރުން ތިމަންރަސްކަލާނގެ ކަލޭގެފާނަށް حلال ކޮށްދެއްވައިފީމެވެ. (2) އަދި ކަލޭގެފާނުންގެ ކަނާތް ملك ކުރައްވާފައިވާ އަންހެނުންވެސް حلال ކުރައްވައިފިމެވެ. (އެއީ غنيمة ގެ ގޮތުން ކާފަރުންގެ އަތުން ކަލޭގެފާނަށް الله ރައްދުކޮށްދެއްވާފައިވާ އަންހެނުންނެވެ. އަޅުންނެވެ. (3) އަދިކަލޭގެފާނުންގެ ބަފައިފުށުގެ ބޮޑުބޭބެގެ އަންހެންދަރިންނާއި ބަފައިފުށުގެ ބޮޑުދައިތައިންގެ އަންހެންދަރިންނާއި އަދި މައިފުށުގެ ބޮޑުބޭބެއިންގެ އަންހެންދަރިންނާއި އަދި މައިފުށުގެ ބޮޑުދައިތައިންގެ އަންހެންދަރިންނާއި (މި އަންހެނުންގެ ތެރެއިން) ހިޖްރައަށް ދިޔަ ކޮންމެ އަންހެނަކާ ކަލޭގެފާނު އެ ދިވަޑައިގެންފިއްޔާ ކައިވެނި ކުރެއްވުން ހުއްދައެވެ. ނަމަވެސް ހިޖްރައަށް ނުދާ އަންހެނެއް ހުއްދައެއް ނުވާނެއެވެ. (4) އަދި މުއުމިނު އަންހެނަކު އޭނާގެ ނަފްސު (ނަބިއްޔާ އެދިވަޑައިގަންނަވަންޏާ) ނަބީޔާއަށް ހިބަކޮށްދެއްވި ކޮންމެ އަންހެނެއް ޙަލާލު ވެގެންވެއެވެ. (ނަފުސު ހިބަކޮށްދެއްވުމަކީ އެއްވެސް ކައިވެނި ރަނެއް ނެތި އެމީހެއްގެ ނަފްސު ނަބިއްޔާއަށް ހިބަކޮށްދެއްވުމެވެ.) އެފަދަ އަންހެނުންނާއިވެސް ކަލޭގެފާނު އެދިވަޑައިގެންފިއްޔާ ކައިވެނި ޙަލާލުވެގެންވެއެވެ. އެކަމަކު މިއީ ހަމައެކަނި ކަލޭގެފާނަށް ޚާއްސަ ވެގެންވާ ކަމެކެވެ. މުއުމިނު އެހެންމީހުންނަކަށް ނުވާނެއެވެ. (މުއުމިނު އެހެންމީހުންނަށް ކައިވެނި ކުރާއިރު އަންހެނާގެ ރަން ކަނޑައެޅިފައި އޮންނަންވާނެއެވެ.) އަދި ހަމަކަށަވަރުން މުއުމިނުންގެ މައްޗަށް އެބައިމީހުންގެ އަނބީންނާއިމެދު ކަނޑައެޅި ފަރުޟުވެގެންވާ ކަންތައްތައް ތިމަންރަސްކަލާނގެ ދެނެވޮޑިގަންނަވަނެވެ. (ދެ ހެކީންނާއި ވަލީވެރިއަކާ ކައިވެނީގެ ރަނާއިއޮވެގެންމެނުވީ އެމީހުންކާވެނި ކުރުމެއްނެތެވެ.) އަދި އެމީހުންގެ އަޅުންނާއިމެދު ފަރުޟު ވެގެންވާކަންތައްތައްވެސް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ.\nމިކަންތައްތައް މިގޮތުގެމަތީން ހަމަޖެއްސެވީ ކަލޭގެފާނުންގެ މައްޗަށް އެއްވެސް ދަތިކަމެއް ނުއޮތުމަށްޓަކައެވެ. އަދި ﷲ ވޮޑިގެންވަނީ ގިނަގިނައިން ފާފަފުއްސަވާ ރަޙުމަތްލެއްވުން ބޮޑުކަލަކުކަމުގައެވެ.