Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Divehi, Dhivehi, Maldivian.

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Ahzab — Ayah 51

33:51
۞ تُرۡجِي مَن تَشَآءُ مِنۡهُنَّ وَتُـٔۡوِيٓ إِلَيۡكَ مَن تَشَآءُۖ وَمَنِ ٱبۡتَغَيۡتَ مِمَّنۡ عَزَلۡتَ فَلَا جُنَاحَ عَلَيۡكَۚ ذَٰلِكَ أَدۡنَىٰٓ أَن تَقَرَّ أَعۡيُنُهُنَّ وَلَا يَحۡزَنَّ وَيَرۡضَيۡنَ بِمَآ ءَاتَيۡتَهُنَّ كُلُّهُنَّۚ وَٱللَّهُ يَعۡلَمُ مَا فِي قُلُوبِكُمۡۚ وَكَانَ ٱللَّهُ عَلِيمًا حَلِيمٗا ٥١
ކަލޭގެފާނުންގެ އަނބިއަނބިކަނބަލުންގެ ތެރެއިން ކަލޭގެފާނު އެދިވަޑައަގަންނަވާ ބޭކަނބަލަކު ފަސް ކުރެއްވުމާއި އަދި އެދިވަޑައި ގަންނަވާ ބޭކަނބަލުން އަރިހަށް ގެންނެވުން ކަލޭގެފަނަށް إختيار ލިބިވަޑައި ގެންވެއެވެ. އަދި ރޭތަށް ބެއްސެވުމުގައި ކަލޭގެފާނު އެކަނބަލުން ވަކިކުރަށްވާ ދުރުކުރަށްވާފައި ކަނބަލުންގެ ތެރެއިން ކަނބަލުން އަލުންބެއްސެވުމުގެ ތެރެއަށް ލެށްވުންވެސް ކަލޭގެފާނުގެ މަށްޗަށް ކުށެއްނެތެވެ. އެގޮތްތަށް ކަލޭގެފާނު إختيار ކުރެއްވުން އެކަނބަލުންގެ ރުހިވަޑައިގަތުންމާ ގާތްވެގެންވެއެވެ. އެހެނީ إختيار އަކީ ތިމަންރަސްކަލާނގެ ދެއްވި إختيار އެއްކަން އެކަނބަލުންނަށް އެގިވަޑައިގަތީމާ އެކަނބަލުން އެކަމަކާ ހިތްޕުޅުތަށް ހަމަޖެހުން ގާތްވެގެންވެއެވެ. އަދި ކަލޭގެފާނު އެއްބޭކަނބަލަކަށްވުރެ ބޮޑަށް އަނެއްބޭކަނބަލަކު އިސްކުރެއްވުމަކުން އެކަނބަލުންގެ މެދުގައި ހިތާމަފުޅު ނުހުންނާނެއެވެ. އަދި އެއިން ކޮންމެ ބޭކަނބަލަކަށް ލިބިވަޑައިގެންނެވި ނަސީބަކަށް ރުހިވަޑައިގަންނަވާނެއެވެ. އަދި ތިޔަބައިމީހުންގެ ހިތްތަކުގައި އަންހެނުންގެ ކަންތަކާމެދު ހިނގާ ހިޔާލުތައް ﷲ ދެނެވޮޑިގެންވެއެވެ. އަދި ﷲ ވޮޑިގެންވަނީ ހުރިހާއެއްޗެއް ދެނެވޮޑިގެންވާ އަދި عُقُوْبَة ދެއްވުން ލަސްވެގެންވާ ކަލަކުކަމުގައެވެ.