Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Divehi, Dhivehi, Maldivian.

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Ahzab — Ayah 52

33:52
لَّا يَحِلُّ لَكَ ٱلنِّسَآءُ مِنۢ بَعۡدُ وَلَآ أَن تَبَدَّلَ بِهِنَّ مِنۡ أَزۡوَٰجٖ وَلَوۡ أَعۡجَبَكَ حُسۡنُهُنَّ إِلَّا مَا مَلَكَتۡ يَمِينُكَۗ وَكَانَ ٱللَّهُ عَلَىٰ كُلِّ شَيۡءٖ رَّقِيبٗا ٥٢
(އޭ نبي الله ﷺ އެވެ!) މިއާޔަތް ބާވައިލެއްވުމަށްފަހު ދެން ކަލޭގެފާނު އިތުރު ކައިވެނި ކުރައްވައި މިހާރު ތިއްބެވި ވަރަށްވުރެ ގިނަ އަނބިން حلال ވެގެންނުވެއެވެ. އަދި ތިއްބެވި އަނބިން ބަދަލު ކުރެއްވުމެއްވެސް حلال ވެގެން ނުވެއެވެ. (އެބަހީ ތިއްބެވި ތަނުން އަނތްބަކު ވަރިކުރައްވާފައި އެހެން އަންހެނަކާ އިދެ ކުރީއޮތް عدد ހަމަކުރުމެއްވެސް ނެތެވެ.) ކައިވެނި ބައްލަވައިގަތުމަށް خيال ކުރައްވާ އަންހެނެއްގެ ރީތިކަމާއިމެދު عجائب ވެވަޑައިގެންނެވިނަމަވެސް އެކަން ދެން ހުއްދައެއްނޫނެވެ. އެހެންނަމަވެސް އަޅު އަންހެނުން އުނިއިތުރު ކުރެއްވުން ހުއްދައެވެ. އަދި ﷲ ވޮޑިގެންވަނީ ކޮންމެ ކަމެއްގެ މައްޗަށް ރައްކާތެރިވެވޮޑިގެން ރަނގަޅަށް ބައްލަވާ ކަލަކުކަމުގައެވެ.