Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Divehi, Dhivehi, Maldivian.

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Ahzab — Ayah 53

33:53
يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَدۡخُلُواْ بُيُوتَ ٱلنَّبِيِّ إِلَّآ أَن يُؤۡذَنَ لَكُمۡ إِلَىٰ طَعَامٍ غَيۡرَ نَٰظِرِينَ إِنَىٰهُ وَلَٰكِنۡ إِذَا دُعِيتُمۡ فَٱدۡخُلُواْ فَإِذَا طَعِمۡتُمۡ فَٱنتَشِرُواْ وَلَا مُسۡتَـٔۡنِسِينَ لِحَدِيثٍۚ إِنَّ ذَٰلِكُمۡ كَانَ يُؤۡذِي ٱلنَّبِيَّ فَيَسۡتَحۡيِۦ مِنكُمۡۖ وَٱللَّهُ لَا يَسۡتَحۡيِۦ مِنَ ٱلۡحَقِّۚ وَإِذَا سَأَلۡتُمُوهُنَّ مَتَٰعٗا فَسۡـَٔلُوهُنَّ مِن وَرَآءِ حِجَابٖۚ ذَٰلِكُمۡ أَطۡهَرُ لِقُلُوبِكُمۡ وَقُلُوبِهِنَّۚ وَمَا كَانَ لَكُمۡ أَن تُؤۡذُواْ رَسُولَ ٱللَّهِ وَلَآ أَن تَنكِحُوٓاْ أَزۡوَٰجَهُۥ مِنۢ بَعۡدِهِۦٓ أَبَدًاۚ إِنَّ ذَٰلِكُمۡ كَانَ عِندَ ٱللَّهِ عَظِيمًا ٥٣
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ކެއުމުގެ دعوة އަކަށް إذن ލިބިގެން މެނުވީ ކަލޭމެން نبي އާގެ ގެކޮޅުތަކަށް ނުވަންނާށެވެ. އަދި އެއެއްޗެއް ކެއުމުގެ ކުރިން ގޮސް ކެކެންދެން إنتظار ކުރުމަށް އެތަންތާ ނުތިބޭށެވެ! އަދި އެހެންނަމަވެސް އެފަދަ ޖާފަތަކަށް ކަލޭމެނަށް ގޮވައިލެވިއްޖެއްޔާ ދެން އެގެކޮޅުތަކަށް ވަންނާށެވެ! ދެން ކައި ނިމުނީމާ އަވަހަށް ނުކުމެ އެމީހަކު ބޭނުންތާކަށް ދިއުމަށް އަވަސްވެގަންނާށެވެ. ކައިނިމިގެން އަނގަތަޅަން (ކައިގެން ސަޅިކަނޑަން) އެތާ ނުތިބޭށެވެ. ހަމަކަށަވަރުން އެކަންތަކުން نبي އާއަށް ދަތިފުޅުވެއެވެ. ފަހެ އެކަލޭގެފާނު ލަދުފުޅުގެންވަޑައިގަންނަވާތީ ކަލޭމެންނާ ދިމާއަށް އެވާހަކަ ވިދާޅުނުވަނީއެވެ. އެހެންނަމަވެސް حق ކަމާއިމެދު ﷲ ލަދުވެތިވޮޑިގެންނުވެއެވެ.\nއަދި އެކަލޭގެފާނުންގެ އަނބިއަނބިކަނބަލުންކުރެ ބޭކަނބަލެއްގެ ފަރާތުން އެއްޗެއް ހޯއްދެވުމަށް އެދިގެން އެއްޗެއް ދަންނަވަން ވިޔަސް ފަރުދާގެ އަނެއްފަރާތުން ކަލޭމެން އެކަނބަލުންނާ ވާހަކަދައްކާށެވެ! އެގޮތް ކަލޭމެންގެ ހިތްތަކަށާއި އެކަނބަލުންގެ ހިތްތަކަށް طاهر ކަންބޮޑެވެ. އެއްވެސް ގޮތަކުން ﷲ ގެ رسول އާއަށް އުނދަގޫކުރުމަކީ ކަލޭމެންގެ މައްޗަށް ހުއްދަވެގެންވާ ކަމެއްނޫނެވެ. އަދި އެކަލޭގެފާނަށްފަހު އެކަލޭގެފާނުންގެ އަނބިއަނބިކަނބަލުންނާއި ކައިވެނި ކުރުންވެސް ކަލޭމެނަށް ހުއްދަވެގެންނުވެއެވެ. އެއީ ދުވަހަކުވެސް حلال ކަމެއްނޫނެވެ. އެކަންކަމަކީ ﷲ حضرة ގައި ބޮޑެތިވެގެންވާ ކަންކަމެވެ.