Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Divehi, Dhivehi, Maldivian.

Abu Bakr Ibrahim Ali (Bakurube) translation for Surah Saba — Ayah 12

34:12
وَلِسُلَيۡمَٰنَ ٱلرِّيحَ غُدُوُّهَا شَهۡرٞ وَرَوَاحُهَا شَهۡرٞۖ وَأَسَلۡنَا لَهُۥ عَيۡنَ ٱلۡقِطۡرِۖ وَمِنَ ٱلۡجِنِّ مَن يَعۡمَلُ بَيۡنَ يَدَيۡهِ بِإِذۡنِ رَبِّهِۦۖ وَمَن يَزِغۡ مِنۡهُمۡ عَنۡ أَمۡرِنَا نُذِقۡهُ مِنۡ عَذَابِ ٱلسَّعِيرِ ١٢
އަދިسُلَيْمَان عَلَيهِ السَّلاَم އަށް ތިމަންރަސްކަލާނގެ ވައިކިޔަމަންކޮށްދެއްވީމެވެ. ހެދުނު އެވައި سُلَيْمَان عَلَيهِ السَّلاَم އާއި ގެން ދަތުރުކޮށްފައި މެންދުރުވާއިރަށް އެއްމަސްދުވަހުގެ ރާސްތާއަށްދެއެވެ. އަދި ހަވީރުކޮޅުވެސް އެއްމަސްދުވަހުގެ ރާސްތާއަށް ދަތުރުކުރެއެވެ. އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ލޮއިގެ عَينُ (އާރު) ދިޔައިކޮއްދެއްވާ ހިންގައިދެއްވީމެވެ. އަދި އެކަލޭގެފާނުންގެ رَبّ ގެ إِذنَ ފުޅަށް އެކަލޭގެފާނުންގެ ކުރިފުޅުމަތީގައި މަސައްކަތްކުރާނެ جِنّ ވެސް ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ކިޔަމަން ކޮށްދެއްވީމެވެ. އަދި އޭގެތެރެއިން އެއްވެސްއެއްޗެއް ތިމަންރަސްކަލާނގެ أَمرُ ފުޅާއި خِلاَف ވެ ނުކިޔަމަންތެރި ވެއްޖެއްޔާއި އަލިފާނުގެ عَذَاب ގެ ރަހަދައްކާހުށީމެވެ. ދަންނައެވެ! الحَسَنُ البَصَرِي އަށް حَوَالَه ދެއްވައި ابن كَثِير އެކަލޭގެފާނުންގެ تَفسِير ގައިލިއުއްވާފައިވެއެވެ. سُلَيْمَان عَلَيهِ السَّلاَم ދަތުރުފުޅު ކުރައްވަނީ ދޫލަކޮޅެއްގައެވެ. އެ ދޫލަކޮޅު އުފުލައިގެން ދަނީވައެވެ. دِمِشقُ ން ފުރުއްވައިގެން اصطَخر ކިޔާރަށަކަށް މެންދުރު ފަރިއްކޮޅަށް ފައިބާވަޑައިގަންނަވައެވެ. ދެންމެންދުރު އެތަނުން ފުރުއްވައިގެން ރޭގަނޑު އަވަހާރަފުޅުލައްޕަވަން كَابُل އަށް ވަޑައިގަންނަވައެވެ. މި دِمِشقُ އާއި اصطَخر އާއި ދެމެދު ހުންނަނީ ބާރަށް ދަތުރުކުރާމީހަކަށް އެއްމަސްދުވަހުގެ ރާސްތާއެވެ. އަދި اصطَخر އާއި كَابُل އާއި ދެމެދުވެސް ބާރަށްދަތުރުކުރާމީހަކަށް އެއްމަސްދުވަހުގެ ރާސްތާއެވެ. وَالله أَعْلَم. = تَفسِير ابن كَثِير = އަދިމިނޫން ގޮތްތަށްވެސް އެކަލޭގެފާނުންގެ ދަތުރުފުޅުގެ ވާހަކަވެއެވެ.