Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Divehi, Dhivehi, Maldivian.

Abu Bakr Ibrahim Ali (Bakurube) translation for Surah Saba — Ayah 13

34:13
يَعۡمَلُونَ لَهُۥ مَا يَشَآءُ مِن مَّحَٰرِيبَ وَتَمَٰثِيلَ وَجِفَانٖ كَٱلۡجَوَابِ وَقُدُورٖ رَّاسِيَٰتٍۚ ٱعۡمَلُوٓاْ ءَالَ دَاوُۥدَ شُكۡرٗاۚ وَقَلِيلٞ مِّنۡ عِبَادِيَ ٱلشَّكُورُ ١٣
އެސޮރުމެން އެބަހީ އެ جِنِّ ންގެ މީހުން سُلَيْمَان عَلَيهِ السَّلاَم އަށްޓަކައި އެކަލޭގެފާނު ވިދާޅުވިއެއްޗެއް އެކަލޭގެފާނު އެދިވަޑައިގެންނެވި ގޮތަކަށް ހައްދަވައިދެއްވައެވެ. އެސޮރުމެންހެދި ތަކެތީގެތެރޭގައި مِحرَاب ތަކާއި تِمثَال ތަކާއި އެތައްބަޔަކަށް އެއްފަހަރާކެވޭފަދަ ބޮޑެތި ތަށިވެއެވެ. އެތަކެތި ބޮޑެތި حَوض ފަދައެވެ. އަދި އުދުންމައްޗަށް އުދާފައިހުންނައިރު ވަޔާވެސް ހެލިނުލާފަދަ ސާބިތުކަމާއެކުހުންނަ ބޮޑެތި ތެލިވެސްވެއެވެ. (އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އެންގެވީމެވެ.) އޭ دَاوُودُ ގެ آلٌ ންނޭވެ. ތިޔަބޭކަލުން ން صَالِح عَمَل ކުރައްވާށެވެ. އަދި ﷲ އަށް شُكُرُ ކުރާށެވެ. އަދި ތިމަންރަސްކަލާނގެ އަޅުތަކުންގެ ތެރެއިން ތިމަންރަސްކަލާނގެއަށް شُكُرُ ކުރަނީ މަދުބައެކެވެ.\nދަންނައެވެ. مِحرَاب އަކީ: ރީތިބިނާތަކެވެ. އަދި އުސްގަނޑުވަރުތަކެވެ. އަދި ބުނެވެއެވެ. މިއާޔަތުގައި مِحرَاب ގެ މުރާދަކީ މިސްކިތެވެ. وَالله أَعْلَم.\nتِمثَال އަކީ ދިރޭއެއްޗެތީގެ صُورَة ގައި جِسمُ ހުންނަގޮތަށް ލޮއިން ނުވަތަ ބިއްލޫރިން ނުވަތަ މަރުމަރުހިލައިން ނުވަތަ އެނޫންވެސް އެއްޗަކުން ހަދާފައިވާ صُورَة އެވެ. އެ صُورَة ތައް އޭރުހަދާފައިހުރި ކަމަށްވަނީ نَبِي ބޭކަލުންގެ ސޫރައިގައްޔާއި مَلائِكَة ންގެ ސޫރަތަކާއި عَالِم ންނާއި صَالِحٌ ންގެ ސޫރައިގައެވެ. އަދި ބުނެވެނީ سُلَيْمَان عَلَيهِ السَّلاَم ގެ شَرِيعَة ގައި صُورَة ހުއްދަވެފައި مُحَمَّد ﷺ ގެ شَرِيعَة ގައި އެކަން މަނާވެގެންވާކަމުގައެވެ. وَالله أَعْلَم.