Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Fatir — Ayah 12

35:12
وَمَا يَسۡتَوِي ٱلۡبَحۡرَانِ هَٰذَا عَذۡبٞ فُرَاتٞ سَآئِغٞ شَرَابُهُۥ وَهَٰذَا مِلۡحٌ أُجَاجٞۖ وَمِن كُلّٖ تَأۡكُلُونَ لَحۡمٗا طَرِيّٗا وَتَسۡتَخۡرِجُونَ حِلۡيَةٗ تَلۡبَسُونَهَاۖ وَتَرَى ٱلۡفُلۡكَ فِيهِ مَوَاخِرَ لِتَبۡتَغُواْ مِن فَضۡلِهِۦ وَلَعَلَّكُمۡ تَشۡكُرُونَ ١٢
އަދި ދެކަނޑު ހަމަހަމަވެގެން ނުވެއެވެ. އެއްކަނޑުމިއީ ފެން މީރުވެގެންވާ އަދި އެފެން ބޮއިލާ މީހާ މީރުކަމުން އެފެންފޮދު ދިރުވައިލަން ފަސޭހަ ފެނެކެވެ. އަނެއްކަނޑަކީ މިއީ ފެނުގެ ލޮނުރަހަ ގަދަވެގެންވާ ކަނޑެކެވެ. މި ދެކަނޑުން ކުރެ ކޮންމެ ކަނޑަކުންވެސް ތާޒާ މަސް ކަލޭމެން ކަމުއެވެ. އަދި ކަލޭމެން އަޅައިއުޅޭ ގަހަނާގެބާވަތްތައްވެސް (ރަން މުތާއި ޖަވާހިރާއި މިބާވަތުގެ އެންމެހައި ތަކެތިވެސް) އެކަނޑުން ކަލޭމެން ނެރެމުއެވެ. އަދި ދުވެފައިދާ ނައުދޯގުފަހަރު (އުޅަދުފަހަރު) މޮއިކަފައިލާފައި ދާތަން ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. އެނައުފަހަރު / ބޯޓުފަހަރު ވިޔަފާރިކަމުގައްޔާއި ދެންވެސް ދިރިއުޅުމުގެ އެކިއެކި ބޭނުންތަކުގައި ﷲ ގެ فضل ވަންތަކަން ހޯދުމަށްޓަކައި ދަތުރު ކުރެއެވެ. އެކަންތައްތައް އެހެންލައްވާފައިވަނީ ކަލޭމެން شكر ކުރުމަށްޓަކައެވެ. އެއީ އެކަލާނގެ ކުޅަދުންވަންތަކަމުގެ މިސާލެކެވެ.