Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Divehi, Dhivehi, Maldivian.

Abu Bakr Ibrahim Ali (Bakurube) translation for Surah Fatir — Ayah 13

35:13
يُولِجُ ٱلَّيۡلَ فِي ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِي ٱلَّيۡلِ وَسَخَّرَ ٱلشَّمۡسَ وَٱلۡقَمَرَۖ كُلّٞ يَجۡرِي لِأَجَلٖ مُّسَمّٗىۚ ذَٰلِكُمُ ٱللَّهُ رَبُّكُمۡ لَهُ ٱلۡمُلۡكُۚ وَٱلَّذِينَ تَدۡعُونَ مِن دُونِهِۦ مَا يَمۡلِكُونَ مِن قِطۡمِيرٍ ١٣
އަދި ދުވާލުގެ ތެރެއަށް އެކަލާނގެ ރޭގަނޑު ވައްދަވައެވެ. އަދި ރޭގަނޑުގެ ތެރެއަށް ދުވާލު ވައްދަވައެވެ. އަދި އިރާއި ހަނދުވެސް އެކަލާނގެ ކިޔަމަން ކުރެއްވިއެވެ. އެދެ އެތިންކުރެ ކޮންމެ އެއްޗެއް އެއަށްކަނޑައެޅިގެންވާ فلك ގައި ކަނޑައެޅި عين ންވެގެންވާ މުއްދަތަކަށް ދުވެދުވެ ތިބެއެވެ. މިކަންތައްތައް މިހާފުރިހަމަކޮށް ބަރާބަރުކޮށް ހިމުންކޮށް ހައްދަވައި ހިންގަވަނީ އެއީ ﷲ އެވެ. އެއީ ކަލޭމެންގެ رب އެވެ. އެހެން އެއްވެސް މީހެއްނޫނެވެ. އެންމެހައިކަމެއްގެ މިލްކުވެރިކަން خاص ވެގެންވަނީ ހަމަ އެކަލާނގެ އަށެވެ. އެއެންމެހައި ކަމެއް އެކަލާނގެ އެދިވޮޑިގެންނެވި ފަދައަކުން ހިންގަވަމުން ގެންދަވައެވެ. އަދި އޭ مشرك ންނޭވެ ކަލޭމެން އެކަލާނގެ ފިޔަވައި އެތަކެއްޗަށް ތިޔަގޮވާ دعاء ކޮށްހަދާ ތަކެއްޗަށް އެބަހީ ބުދުތަކަށް قِطْمِيْر އެއްގެ މިންވަރުވެސް ލިބިގެން ނުވެއެވެ. قِطْمِيْر ގެ މާނަ ލިޔެވިގެން އިސްވެ ހިނގައްޖެއެވެ.