Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Fatir — Ayah 14

35:14
إِن تَدۡعُوهُمۡ لَا يَسۡمَعُواْ دُعَآءَكُمۡ وَلَوۡ سَمِعُواْ مَا ٱسۡتَجَابُواْ لَكُمۡۖ وَيَوۡمَ ٱلۡقِيَٰمَةِ يَكۡفُرُونَ بِشِرۡكِكُمۡۚ وَلَا يُنَبِّئُكَ مِثۡلُ خَبِيرٖ ١٤
(އޭ މުޝްރިކުންނޭވެ!) ކަލޭމެން އެތަކެއްޗަށް ގޮވާ دعاء ކުރިޔަސް އެތަކެތި ކަލޭމެންގެ دعاء ގެ އަޑުނާހާނެއެވެ. (އެހެނީ، އެއީ جَماد ތަކެއްޗެވެ. އެއަކަށް فَهَمُ ވުމެއްނުވެއެވެ.) އަދި މިސާލަކަށް އެތަކެތި އެއީ އަޑުއަހާ ތަކެތިކަމުގައި ނިންމިޔަސް ކަލޭމެންގެ دعاء އަކަށް އެތަކެތި ޖަވާބު ނުދޭނެއެވެ. އެއީ އެކަމަށް ނުކުޅެދޭތީއެވެ. އަދި قيامة ދުވަހުން އެތަކެއްޗަށް ކަލޭމެން ކުރި އަޅުކަމާ ދޭތެރޭ އިންކާރު ކުރާނެއެވެ. (އޭ رسول الله އެވެ!) ހުރިހާ ކަންތައްތަކުގެ خبر ދެނެވޮޑިގެންވާ ފަރާތުން ކަލޭގެފާނަށް خبر ދެއްވާގޮތަށް ހަމައެކަކުވެސް خبر ނުދޭނެއެވެ.