Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Fatir — Ayah 40

35:40
قُلۡ أَرَءَيۡتُمۡ شُرَكَآءَكُمُ ٱلَّذِينَ تَدۡعُونَ مِن دُونِ ٱللَّهِ أَرُونِي مَاذَا خَلَقُواْ مِنَ ٱلۡأَرۡضِ أَمۡ لَهُمۡ شِرۡكٞ فِي ٱلسَّمَٰوَٰتِ أَمۡ ءَاتَيۡنَٰهُمۡ كِتَٰبٗا فَهُمۡ عَلَىٰ بَيِّنَتٖ مِّنۡهُۚ بَلۡ إِن يَعِدُ ٱلظَّٰلِمُونَ بَعۡضُهُم بَعۡضًا إِلَّا غُرُورًا ٤٠
(އޭ رسول الله އެވެ.) ކަލޭގެފާނު (އެ مشرك ންނަށް) ވިދާޅުވާށެވެ. ﷲ ފިޔަވައި ކަލޭމެން އެފަރާތް ތަކަށް ގޮވާ دعاء ކޮށް އަޅުކަން ކޮށްހަދާ ކަލޭމެންގެ شريك ންތަކާއިމެދު ކަލޭމެން ނިކަން ތިމަންފާނަށް خبر ދީބަލާށެވެ. އެތަކެތި يعني އެބުދުތައް ބިމުން އުފެއްދި އެއްޗެއް ނިކަން ތިމަން ކަލޭގެފާނަށް ދައްކައިބަލާށެވެ! އެތަކެތި ހެއްދެވި އެއްޗެއް ބިމުގައި ހުރިއްޔާ ދައްކައިބަލާށެވެ! (ނެތެވެ.) ނުވަތަ އުޑުތައް ﷲ ހެއްދެވިއިރު އެކަމުގައި އެތަކެތި ﷲ އާއިއެކު ބައިވެރިވެ އެކަލާނގެއާއި އެހީވެ حصّة އެއް ނެގީ ހެއްޔެވެ؟ (އެހެންވެސްނޫނެވެ.) ނުވަތަ ތިމަންރަސްކަލާނގެއާއި شريك އެއްވާ ކަމުގައި ލިޔެވި ބަޔާންވެގެންވާ ފޮތެއް ތިމަންރަސްކަލާނގެ އެމީހުންނަށް ދިނީހެއްޔެވެ؟ (އޭގެ މައްޗަށް ބުރަވެ ތިބޭނީ އެހެންނަމަތާއެވެ.) އަދި ކިޔެއްހެއްޔެވެ؟ މިއިން އެއްވެސް ކަމެއް ވީއެއްނޫނެވެ. އަނިޔާވެރި مشرك ން އެއްބަޔަކު އަނެއްބަޔަކަށް ހަމަ ހެއްލުންތެރިކަމެއް މެނުވީ وعد ނުކުރެއެވެ.