Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Fatir — Ayah 41

35:41
۞ إِنَّ ٱللَّهَ يُمۡسِكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ أَن تَزُولَاۚ وَلَئِن زَالَتَآ إِنۡ أَمۡسَكَهُمَا مِنۡ أَحَدٖ مِّنۢ بَعۡدِهِۦٓۚ إِنَّهُۥ كَانَ حَلِيمًا غَفُورٗا ٤١
ހަމަކަށަވަރުން އުޑުތަކާއި ބިން حركاة ކޮށް ހެލުނަނުދީ އަދި ވެއްޓުނަނުދީ ހިފަހައްޓަވަނީ ﷲ އެވެ. އަދި އެދެތަން حركاة ކޮށް ވެއްޓުނަސް އެކަލާނގެ ފިޔަވައި ހަމަ އެކަކުވެސް އެދެތަން ނުހިފައްޓާނެއެވެ. ހިފެހެއްޓޭނެ އެކަކުވެސް ނުވާނެއެވެ. ހަމަކަށަވަރުން އެކަލާނގެއީ އަވަހަށް عقوبة ނުދެއްވާ އަދި ގިނަގިނައިން ފާފަފުއްސަވާ ކަލާނގެއެވެ.