Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Divehi, Dhivehi, Maldivian.

Abu Bakr Ibrahim Ali (Bakurube) translation for Surah Fatir — Ayah 42

35:42
وَأَقۡسَمُواْ بِٱللَّهِ جَهۡدَ أَيۡمَٰنِهِمۡ لَئِن جَآءَهُمۡ نَذِيرٞ لَّيَكُونُنَّ أَهۡدَىٰ مِنۡ إِحۡدَى ٱلۡأُمَمِۖ فَلَمَّا جَآءَهُمۡ نَذِيرٞ مَّا زَادَهُمۡ إِلَّا نُفُورًا ٤٢
އަދި އެބައިމީހުން ގަދަޔަށް ހުވާކޮށްފައި ބުނެއެވެ. އެބައިމީހުންގެ ކައިރިޔަށް نذير އަކު އަތުވެއްޖެއްޔާ يعني رسول ބޭކަލަކު ވަޑައިގެންފިއްޔާ އިސްވެދިޔަ أمة ތަކަށްވުރެ އެބަހީ، يهودي އިންނާއި نصارى އިންނަށްވުރެ ތެދުމަގުގައި އެމީހުންވާނެއެވެ. (އެބަހީ، އިސްވެދިޔަ މީހުން ފަދައިން رسول ބޭކަލުން ދޮގުކޮށް ކާފަރު ނުވާނެކަމަށެވެ.) ދެން ފަހެ އެބައިމީހުންގެ ގާތަށް رسول ބޭކަލަކު ވަޑައިގެން ހިނދުން އެބަހީ، محمد ﷺ ވަޑައިގެންނެވި ހިނދުން ދެކޮޅުވެރިކަމާއި ނުކިޔަމަންތެރިކަން މެނުވީ އެމީހުން އިތުރުނުވިއެވެ.