Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Divehi, Dhivehi, Maldivian.

Abu Bakr Ibrahim Ali (Bakurube) translation for Surah Fatir — Ayah 43

35:43
ٱسۡتِكۡبَارٗا فِي ٱلۡأَرۡضِ وَمَكۡرَ ٱلسَّيِّيِٕۚ وَلَا يَحِيقُ ٱلۡمَكۡرُ ٱلسَّيِّئُ إِلَّا بِأَهۡلِهِۦۚ فَهَلۡ يَنظُرُونَ إِلَّا سُنَّتَ ٱلۡأَوَّلِينَۚ فَلَن تَجِدَ لِسُنَّتِ ٱللَّهِ تَبۡدِيلٗاۖ وَلَن تَجِدَ لِسُنَّتِ ٱللَّهِ تَحۡوِيلًا ٤٣
އެއީ ބިމުގައި ބޮޑާވެ ކިބުރުވެރިވެގަތުމުގެ ގޮތުންނާއި އަދި ނުބައި ރޭވުމާއި މަކަރު ހެދުމުގެ ގޮތުންނެވެ. އަދި ނުބައިރޭވުމާއި މަކަރުގެ ނުބައިކަން އޭގެ أهل ވެރިންނަށް މެނުވީ ނުޖެހެއެވެ. އެމީހުން ފަހެ އެބަހީ، مكة ގެ مشرك ން އެ އިންތިޒާރުކުރަނީ އިސްވެ ދިޔަ أمة ތަކުގެ މީހުންނަށްވީގޮތަށް ވުމަށްކަމުގައި މެނުވީ އެބަވޭހެއްޔެވެ؟ (އެއީ رسول ބޭކަލުން ދޮގުކުރުމުގެ ސަބަބުން عذاب އައުމެވެ.) އެއީ ﷲ ގެ سنّة އެވެ. އެކަލާނގެ ކަންތައް ގެންދަވާގޮތެވެ. އަދި ﷲގެ އެ أصول އަށް އެއްވެސް ބަދަލެއް އަންނަތަން ކަލޭގެފާނު ދެކެވަޑައިނުގަންނަވާނެއެވެ. އަދި ﷲގެ އެގޮތަށް އެނޫންގޮތެއްވެ ބަދަލުވާތީ ކަލޭގެފާނު ދެކެވަޑައިނުގަންނަވާނެއެވެ. (އެގޮތަކީ، رسول ބޭކަލުން ދޮގުކޮށް إيمان ނުވި ބައެއްގެ މައްޗަށް އެންމެ ފަހުން عذاب ފޮނުއްވުމެވެ.)