Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Divehi, Dhivehi, Maldivian.

Abu Bakr Ibrahim Ali (Bakurube) translation for Surah Fatir — Ayah 44

35:44
أَوَلَمۡ يَسِيرُواْ فِي ٱلۡأَرۡضِ فَيَنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلَّذِينَ مِن قَبۡلِهِمۡ وَكَانُوٓاْ أَشَدَّ مِنۡهُمۡ قُوَّةٗۚ وَمَا كَانَ ٱللَّهُ لِيُعۡجِزَهُۥ مِن شَيۡءٖ فِي ٱلسَّمَٰوَٰتِ وَلَا فِي ٱلۡأَرۡضِۚ إِنَّهُۥ كَانَ عَلِيمٗا قَدِيرٗا ٤٤
އެބައިމީހުން އެބަހީ مكة ގެ مشرك ން- އެމީހުން ބިމުގެ އެތައްމިތާ ދަތުރުފަތުރުކޮށް އެމީހުންގެ ކުރިން އިސްވެދިޔަ އެބާވަތުގެ މީހުންގެ يعني رسول ބޭކަލުން ދޮގުކުރި މީހުންގެ ނިމުން ހުރިގޮތާއިމެދު فكر ކޮށްބަލައި އެއިން عبرة އެއް حاصل ނުކުރާނޭބާވައެވެ. ފަހެ ކުރިން އިސްވެދިޔަ أمة ތަކުގެ މީސްތަކުންވީ މިމީހުންނަށްވުރެ ބާރުގެގޮތުން މާގަދަކަމުގައެވެ. (އެހެންނަމަވެސް رسول ބޭކެލުން ދޮގުކޮށް ﷲ އަށް إيمان ނުވި ހިނދުން ﷲ އެމީހުން ހަލާކު ކުރެއެވީއެވެ. އޭގެ އަސަރުތައް މިމީހުން ދަތުރުފަތުރުކޮށް ގޮސްއައިސްވާ ހިސާބުން ފެންނަންވެސް ހުންނާނެއެވެ. އެބާރުގަދަ މީހުންނަށްވެސް ﷲ ނުކުޅައްދައެއްނުލެއްވުނެވެ. އުޑުތަކާއި ބިމުގެ އެއްވެސް އެއްޗެއް އަދި އެއްވެސް ކަމެއްވިޔަސް ﷲ ނުކުޅައްދައެއް ނުލެވޭނެއެވެ. ކޮންމެ ކަމަކަށްވެސް ﷲ ކުޅަދުންވަންތަވެ ވޮޑިގެންވެއެވެ. ހަމަކަށަވަރުން އެކަލާނގެއީ ދެނެވޮޑިގެންވާ އަދި ކުޅަދުންވަންތަ ކަލާނގެއެވެ.