Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Fath — Ayah 11

48:11
سَيَقُولُ لَكَ ٱلۡمُخَلَّفُونَ مِنَ ٱلۡأَعۡرَابِ شَغَلَتۡنَآ أَمۡوَٰلُنَا وَأَهۡلُونَا فَٱسۡتَغۡفِرۡ لَنَاۚ يَقُولُونَ بِأَلۡسِنَتِهِم مَّا لَيۡسَ فِي قُلُوبِهِمۡۚ قُلۡ فَمَن يَمۡلِكُ لَكُم مِّنَ ٱللَّهِ شَيۡـًٔا إِنۡ أَرَادَ بِكُمۡ ضَرًّا أَوۡ أَرَادَ بِكُمۡ نَفۡعَۢاۚ بَلۡ كَانَ ٱللَّهُ بِمَا تَعۡمَلُونَ خَبِيرَۢا ١١
މަދީނާގެ ބޭރުގައި މަދީނާގެ ވަށަވަށައިގެން އުޅޭ عَرَبِى ންގެތެރެއިން ހަނގުރާމައަށް ނުގޮސް ފަހަތަށް ޖެހުނުމީހުން ނިކަންހުރެބުނާނެއެވެ. (އޭ رَسولُ الله އެވެ!) އަހުރެމެންގެ މުދަލާއި އަހުރެމެންގެ އަހުލުވެރިން އަހުރެމެން مَشْغُولُ ކުރުވައިފިއެވެ. (އެހެންވެ އަހުރެމެންނަށް ކަލޭގެފާނުންގެ އަރިހު ހަނގުރާމައަށް ނުދެވުނީއެވެ.) ފަހެ އަހުރެމެންނަށް ފާފަ ފުއްސެވުމަދަންނައިދެއްވާށެވެ! (الله وَحِي ކުރެއްވިއެވެ.) އަދި އެމީހުންގެ ހިތްތަކުގައި ނުވާތަކެތި އެމީހުން އެމީހުންގެ ދޫތަކުން އެމީހުން ބުނަނީއެވެ. (އޭ رَسُول الله އެވެ!) = ކަލޭގެފާނު ވިދާޅުވާށެވެ. އެކަލާނގެ ކަލޭމެންނާއިމެދު ނުބައިކަމެއް ނުވަތަ އުދަގުލެއް އިރާދަ ކުރައްވައިފިއްޔާ ﷲ ގެ حَضْرَةُ ން އަތުވެދާނޭ އެއްވެސްކަމެއް (ﷲ ގެ حَضْرَةُ ން އަތުވެދާނޭ އެއްވެސް ޢަޒާބެއް ދިފާޢު ކުރުމަށް) ފަހެ ކުޅަދާނަވެ މިލްކުވެގެންވަނީ ކާކަށް ހެއްޔެވެ؟ އަދި ނުވަތަ އެކަލާނގެ ކަލޭމެންނަށް މަންފާއެއް އިރާދަކުރައްވައިފިއްޔާވެސް އެކަން އަޔަނުދީ ހިފެހެއްޓޭނީ ފަހެކާކަށް ހެއްޔެވެ؟ އަދި ކިއެއްހެއްޔެވެ؟ ކަލޭމެންކުރާހާކަމެއްގެ ޚަބަރު ދެނެވޮޑިގެންވާ ކަލަކު ކަމުގައި الله ވޮޑިގެންވެއެވެ.