Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Fath — Ayah 12

48:12
بَلۡ ظَنَنتُمۡ أَن لَّن يَنقَلِبَ ٱلرَّسُولُ وَٱلۡمُؤۡمِنُونَ إِلَىٰٓ أَهۡلِيهِمۡ أَبَدٗا وَزُيِّنَ ذَٰلِكَ فِي قُلُوبِكُمۡ وَظَنَنتُمۡ ظَنَّ ٱلسَّوۡءِ وَكُنتُمۡ قَوۡمَۢا بُورٗا ١٢
އަދި ކިއެއްހެއްޔެވެ؟ ކަލޭމެން ހީކުރީ ރަސޫލާއާއި އަދި ދެންތިބި މުއުމިނުން އެމީހުންގެ އަހުލުވެރިންގާތަށް ދުވަހަކުވެސް ވާސިލު ނުވެވޭނެކަމަށެވެ. (އެމީހުން މަރުވެ ވަސްފިލާނެކަމަށެވެ.) އަދި ކަލޭމެންގެ ހިތްތަކުގައި އެކަން ޒީނަތްތެރި ކުރެވިއްޖެއެވެ. އަދި ގެއްލި ހަލާކުވެގެންވާ ބަޔަކު ކަމުގައި ކަލޭމެން ވީމުއެވެ. (މިތާ މިސިފަވެގެންދަނީ الحُدَيْبِيَّة ގެ ހަނގުރާމައަށް ނުވަތަ مَكَّة فَتَح ކުރެއްވުމަށް ނުކުމެވަޑައިގެންނެވި އިރު އަރިހުގައި ދިއުމަށް އެންގެވުމަށްފަހުވެސް ނުގޮސްތިބި ބައެއްގެވާހަކަ ކަމުގައި ވިއެވެ. والله أعلم = زُبْدَةُ التَّفْسِير