Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Fath — Ayah 25

48:25
هُمُ ٱلَّذِينَ كَفَرُواْ وَصَدُّوكُمۡ عَنِ ٱلۡمَسۡجِدِ ٱلۡحَرَامِ وَٱلۡهَدۡيَ مَعۡكُوفًا أَن يَبۡلُغَ مَحِلَّهُۥۚ وَلَوۡلَا رِجَالٞ مُّؤۡمِنُونَ وَنِسَآءٞ مُّؤۡمِنَٰتٞ لَّمۡ تَعۡلَمُوهُمۡ أَن تَطَـُٔوهُمۡ فَتُصِيبَكُم مِّنۡهُم مَّعَرَّةُۢ بِغَيۡرِ عِلۡمٖۖ لِّيُدۡخِلَ ٱللَّهُ فِي رَحۡمَتِهِۦ مَن يَشَآءُۚ لَوۡ تَزَيَّلُواْ لَعَذَّبۡنَا ٱلَّذِينَ كَفَرُواْ مِنۡهُمۡ عَذَابًا أَلِيمًا ٢٥
އަދި ކާފަރުވީ ހަމައެމީހުންނެވެ. އަދިކަލޭމެން الْمَسْجِدِ الْحَرَامِ އަށް އަޔަނުދީ ހިފަހައްޓީވެސް ހަމައެމީހުންނެވެ. އަދި ކަތިލަން ގެނައި ހަދްޔުތައް އެތަކެތި ކަތިލަންވީ ތަނަށް ނުފޯރަނިސް ބަދެވި ހިފެހެއްޓިގެންވެއެވެ. ހަދްޔު ކަތިލަންވާނެތަނަކީ މައްކާގަ حَرَمُ ގެތެރެއިން ކަތިލުމަށް ކަނޑައެޅިފައިވާތަނެކެވެ. އަދި މައްކާގައި މުއުމިނު ފިރިހެނުންނާއި މުއުމިނު އަންހެނުންނުވާނަމަ (އެދުވަހު ގަދަކަމުން ހަނގުރާމަކޮށްގެންމައްކާއަށް އަރަން ހުއްދަދެވުނީހެވެ. އަދި އެމީހުން މައްކާގައި އެތިބީ އީމާންވެގެންކަމެއް ނުވަތަނޫންކަމެއް ކަލޭމެންނަކަށް ނޭގޭނެއެވެ.) އެޙާލުގައި ގަދަކަމުން މައްކާއަށް އަރައި އެތައްމުއުމިނުންނެއްމަރައިފީހެވެ. މުއުމިނެއް އަދި އެހެންމީހެއްނޭގުނީހެވެ. ދެން އޭރުން މުއުމިނުންމެރިކަމުގައިވެގެން ކާފަރުންގެފަރާތުން ޢައިބުބަސްލިބި ކައްފާރާ އަދާކުރުމުގެ އުދަގޫ އުފުލަން ޖެހިއްޖައީހެވެ. އަދި އެދުވަހު ކަލޭމެން ހަނގުރާމަކުމަށް الله ހުއްދަނުދެއްވީ އެކަލާނގެ އެދިވޮޑިގެންނެވި އަޅަކު އެކަލާނގެ رَحْمَة ގެތެރެއަށް ވެއްދެވުމަށެވެ. (حُدَيْبِيَّة ގެ ދުވަހު ކާފަރުކަންމަތީ ތިބި އެތައްބަޔަކު އޭގެފަހުން އިސްލާމު ދީނަށްވަދެ ދީނަށް خِدْمَة ކުރިއެވެ. ވީމާ الله ރޭވުމާއި حِكْمَة އެއްވެސްމީހަކަށް ނޭގެއެވެ.) އަދި އެދުވަހު މުއުމިނުންނާއި ކާފަރުން ރަނގަޅަށް ވަކިކޮށް އެނގޭނަމަ ކާފަރުންނަ ވޭންދެނިވި عَذَابُ އެއް ތިމަންރަސްކަލާނގެ ދެއްވީހެވެ.