Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Divehi, Dhivehi, Maldivian.

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Fath — Ayah 26

48:26
إِذۡ جَعَلَ ٱلَّذِينَ كَفَرُواْ فِي قُلُوبِهِمُ ٱلۡحَمِيَّةَ حَمِيَّةَ ٱلۡجَٰهِلِيَّةِ فَأَنزَلَ ٱللَّهُ سَكِينَتَهُۥ عَلَىٰ رَسُولِهِۦ وَعَلَى ٱلۡمُؤۡمِنِينَ وَأَلۡزَمَهُمۡ كَلِمَةَ ٱلتَّقۡوَىٰ وَكَانُوٓاْ أَحَقَّ بِهَا وَأَهۡلَهَاۚ وَكَانَ ٱللَّهُ بِكُلِّ شَيۡءٍ عَلِيمٗا ٢٦
ކާފަރުވީމީސްތަކުން އެމީހުންގެ ހިތްތަކުގައި ދެކޮޅުވެރިކަމާއި ގޮތްދޫނުކުރުން ލީހިނދު އެއީ ޖާހިލީ ޒަމާނުގެ ދެކޮޅުވެރިކަމާއި ގޮތްދޫނުކުރުމެވެ. ފަހެ އެހިދުން الله تَعَالى އެކަލާނގެ ހަމަޖެހުމާ މައިތިރިކަން އެކަލާނގެ ރަސޫލާގެމައްޗަށާއި އަދި މުއުމިނުންގެ މައްޗަށް ބާވާތްލައްވައިފިއެވެ. އަދި تَقْوَى ވެރިކަމުގެ ކަލިމަ އެކަލާނގެ އެމީހުންނަށް ލާޒިމު ކުރުވައިފިއެވެ. (އެއީ لا إله إلاَّ اللهُ مًحمد رسول الله އެވެ. މިބަސްފުޅުން މުރާދުކުރެވެނީ مَسْجِدُ الحَرَام އަށް މާތްކޮށް ހިތުމެވެ. އަދި އެތާ ހަނގުރާމަކުރުން ދޫކޮށްލުމެވެ. ކާފަރުންފަދައި އެތާގެ حُرْمَة ނުކެޑުމެވެ.) އަދި އެމީހުނވީ އެކަލިމައަށް އެންމެ حَقُّ ބަޔަކު ކަމުގައެވެ. (އެތަނަށް މާތްކޮށްހިތުން އެންމެ حَقُّ މީހުންކަމުގައެވެ.) އަދި އޭގެ އަހުލުވެރިން ކަމުގައެވެ. އަދި ހުރިހާއެއްޗެއް ދެނެވޮޑިގެންވާ ކަލަކު ކަމުގައި الله ވޮޑިގެންވެއެވެ.