Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

A translation of every ayah of the Quran in Divehi, Dhivehi, Maldivian.

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Fath — Ayah 27

48:27
لَّقَدۡ صَدَقَ ٱللَّهُ رَسُولَهُ ٱلرُّءۡيَا بِٱلۡحَقِّۖ لَتَدۡخُلُنَّ ٱلۡمَسۡجِدَ ٱلۡحَرَامَ إِن شَآءَ ٱللَّهُ ءَامِنِينَ مُحَلِّقِينَ رُءُوسَكُمۡ وَمُقَصِّرِينَ لَا تَخَافُونَۖ فَعَلِمَ مَا لَمۡ تَعۡلَمُواْ فَجَعَلَ مِن دُونِ ذَٰلِكَ فَتۡحٗا قَرِيبًا ٢٧
ހަމަކަށަވަރުން الله އެކަލާނގެ ރަސޫލާއަށް ފެނިވަޑައިގެންނެވި ހުވަފެންފުޅު حَقُّ އެއްޗެއްކަމުގައި ތެދުކޮށްދެއްވައިފިއެވެ. އެއީ ހަމަކަށަވަރުން الله އިރާދަކުރެއްވިއްޔާ އަމާންވެގެންވާ ޙާލު ކަލޭމެން الْمَسْجِدَ الْحَرَامَ އަށްވަންނާނެއެވެ. ކަލޭމެންގެ ބޯތައްބާލައިގެންނާއި އަދި ކޮށާކުރުކޮށްގެންނެވެ. އެދުވަހުން ކަލޭމެން އެއްވެސްގޮތަކުން ބިރުނުގަންނާނެއެވެ. އަދި ކަލޭމެންނަށް ނޭގޭތަކެތި އެކަލާނގެ ދެނެވޮޑިގެންވެއެވެ. ފަހެ حُدَيْبِيَّة ގެ صُلْحَ ވުން އެކަލާނގެ ލެއްވީ އޭގެކުރިން (އެބަހީ މައްކާއަށް ވަނުމަށްވުރެ ކުރިން) ގާތްވެގެންވާ فَتَحَ އެއްކަމުގައެވެ.