Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Adh-Dhariyat — Ayah 19

51:19
وَفِيٓ أَمۡوَٰلِهِمۡ حَقّٞ لِّلسَّآئِلِ وَٱلۡمَحۡرُومِ ١٩
އަދި އެމީހުންނަކީ އެމީހުންގެ މުދަލުގައި ސަލާމްޖަހާ މީހުންނަށާއި، محروم ވެފައި ތިބި މީހުންނަށް އޮތް حقّ އެއް ވާކަން ހަނދާންކޮށް އެ حقّ އަދާކުރި ބައެކެވެ.\nދަންނައެވެ. މިތާ މިވާ حقّ ގެ މާނައީ މުދަލުން އަދާކުރަންޖެހޭ فرض زكاة ފިޔަވައި ދެންހުރި އެކި ބާވަތުގެ سنّة ހޭދަކުރުންތަކުގެ މާނައެވެ. އެބަހީ އެބައިމީހުން އެބައިމީހުންނަށް فرض ވެގެންވާ ޒަކާތް قواعد ން އަދާކޮށް، އަދި އޭގެ އިތުރު صدقة ތައްވެސް ދެމުން ގެންދެއެވެ. محروم ވެފައި ތިބޭ މީހުންނަކީ ތިމާމެންގެ عِفّة ތެރިކަމުން ސަލާމްޖަހަން ނުކެރި، އެކަމަކު އަތުގައި އެއްވެސް ފަދައެއް ނެތް މީހުންނެވެ. އެހެން މީހުންނަށް ހީވާނީ އެއީ ހަމަ ފޯރާ ރަނގަޅު މީހުން ކަމަށެވެ. އެކަމަކު އެއީ ހަމަ ހުރިހާ ގޮތަކުންވެސް މުދަލުން محروم ވެގެންވާ ބައެކެވެ. والله أعلم.