Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Adh-Dhariyat — Ayah 20

51:20
وَفِي ٱلۡأَرۡضِ ءَايَٰتٞ لِّلۡمُوقِنِينَ ٢٠
އަދި يقين ކުރާ ބަޔަކަށް ބިމުގައި ދަލީލުތަކާއި، حُجّة ތައް ވެއެވެ. (އެބަހީ ﷲ تعالى ބިންމަތީގައި ލައްވާފައިވާ އެކިއެކި حيوان ތަކާއި، ގަސްގަހާގެއްސާއި، ފަރުބަދަތަކާއި، ކަނޑުތަކާއި، އަދި މިނޫންވެސް އެންމެހާ ތަކެތީގައި ﷲ ގެ ކުޅަދުންވަންތަ ކަމާއި، އެކަލާނގެ އެއްކައުވަންތަ ކަމުގެ މައްޗަށް دليل ކުރާ ގިނަގުނަ دليل ތަކާއި حُجّة ތައް ވެއެވެ. ﷲ ގެ ކުޅަދުންވަންތަ ކަމާއި، އެއްކައުވަންތަ ކަމާއި، އެކަލާނގެ ދެނެވޮޑިގަތުމާއި، އެކަލާނގެ حكمة ވަންތަކަމާއި، އަޅުތަކުންނަށް الله ދެއްވާ ދަރުމަކުރައްވާފައިވާ ގިނަގުނަ رحمة، (يقين ކޮށް،) އަދި إيمان ވާ ބަޔަކަށް ފުދޭހައި ވެއެވެ.)