Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Adh-Dhariyat — Ayah 21

51:21
وَفِيٓ أَنفُسِكُمۡۚ أَفَلَا تُبۡصِرُونَ ٢١
އަދި ކަލޭމެންގެ نفس ތަކުގައިވެސް ވެއެވެ. ފަހެ ކަލޭމެން ވިސްނާ ބަލާ ނުހަދާނޭ ހެއްޔެވެ؟ (އެބަހީ، ﷲ ގެ ކުޅަދުންވަންތަކަމާއި، އެއްކައުވަންތަކަމާއި، އެކަލާނގެ ދެނެވޮޑިގަތުމާއި، އެކަލާނގެ حكمة ވަންތަކަމާއި، އެކަލާނގެ ތަކެތި ހެއްދެވުމުގައި ހުރި ފަށުވިކަމާއި، ހިމުންކަން، ރީތިކަމާއި، ފުރިހަމަކަން، މި ކަންކަމުގެ މައްޗަށް دليل ކުރާ ގިނަގުނަ دليل ތަކާއި، علامة ތައް ކަލޭމެންގެ نفس ތަކުގައިވެސް އެކަލާނގެ ލައްވާފައި ވާނެއެވެ. ކަލޭމެން ފަހެ އެކަންކަމަށް ބަލައި، ވިސްނާ ނަހަދާ ހެއްޔެވެ؟\nފަހެ އިންސާނާގެ ހަށިގަނޑަކީ ﷲ ގެ قدرة ވަންތަ ކަމާއި، އެއްކައުވަންތަ ކަމާއި حكمة ވަންތަ ކަމާއި، ދެނެވޮޑިގަތުމާއި، މި ކަންކަމުގެ ފުރިހަމަ ނަމޫނާއެކެވެ. ކޮންމެ ގުނަވަނެއް ހައްދަވާފައިވާ ރީތިކަމާއި، ކަމަށް މުނާސަބުކަމާއި، عمل ގެ މޮޅުކަމާއި، ހިމުންކަމާއި، ހަށިގަނޑުގެ އެކިއެކި ސިސްޓަމްތައް ހިންގުމުގައި ލައްވާފައިވާ ބަރާބަރުކަމާއި، وظيفة ތައް އަދާކުރުމުގައި ހުރި ކުޅަދާނަކަން މިޒަމާނުގެ އެންމެ ކުރިއަރާފައިވާ ސައިންސްވެސް އެވަނީ ނުކުޅައްދާފައެވެ. މިހާތަނަށް ދުނިޔެ ترقّى ވީއިރުވެސް އަދިވެސް تحقيق ނުކުރެވޭ ކިތަންމެ ސިއްރެއް ހަށިގަނޑުގައި ވާކަމަށް އެކަމުގެ އެންމެ މަތީ މާހިރުންވެސް ލަދުވެތިކަމާއި، ކިޔަމަންތެރިކަމާއެކު އެތިބަ أعتراف ވަނީއެވެ. فَسُبْحانَ مَنْ خَلَقَ الْخَلْقَ وَ أتْقَنَهَا.....