Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Adh-Dhariyat — Ayah 22

51:22
وَفِي ٱلسَّمَآءِ رِزۡقُكُمۡ وَمَا تُوعَدُونَ ٢٢
އަދި ކަލޭމެންގެ ރިޒުގު ވަނީ ހަމަ އުޑުގައެވެ. އަދި ކަލޭމެންނަށް وعد ކުރެވިގެންވާ ތަކެތިވެސް ވަނީ އުޑުގައެވެ. (އެބަހީ ކަލޭމެންގެ ރިޒުގުގެ ސަބަބެއް ކަމުގައިވާ ފެން، ވާރޭފެން އެވަނީ މަތީގައެވެ. އެ ފެން ވެހެނީ މަތީންނެވެ. ނުވަތަ ކަލޭމެންގެ ރިޒުގު تقدير ކުރައްވާ، މިންވަރު ކުރެއްވުން ވަނީ މަތީގައެވެ. އަދި ކަލޭމެންނަށް وعد ކުރެވިގެންވާ ثواب އާއި، عذاب ވެސް ނުވަތަ އެތަކެތި މިންވަރުކުރައްވާ، ނިޔާކުރެއްވުމުގެ ހުރިހާ ކަމެއްވެސް ވަނީ މަތީގައެވެ. އުޑުގައެވެ.)