Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Mujadila — Ayah 7

58:7
أَلَمۡ تَرَ أَنَّ ٱللَّهَ يَعۡلَمُ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۖ مَا يَكُونُ مِن نَّجۡوَىٰ ثَلَٰثَةٍ إِلَّا هُوَ رَابِعُهُمۡ وَلَا خَمۡسَةٍ إِلَّا هُوَ سَادِسُهُمۡ وَلَآ أَدۡنَىٰ مِن ذَٰلِكَ وَلَآ أَكۡثَرَ إِلَّا هُوَ مَعَهُمۡ أَيۡنَ مَا كَانُواْۖ ثُمَّ يُنَبِّئُهُم بِمَا عَمِلُواْ يَوۡمَ ٱلۡقِيَٰمَةِۚ إِنَّ ٱللَّهَ بِكُلِّ شَيۡءٍ عَلِيمٌ ٧
(އޭ رَسُولُ اللَّهِ އެވެ!) ﷲ تَعالَى އުޑުތަކާއި، ބިމުގައި ވާހައި ތަކެތި ދެނެވޮޑިގެންވާކަން ކަލޭގެފާނަށް އެނގިވަޑައިނުގަންނަވާ ތޯއެވެ؟ ތިން މީހަކު ތިބެގެން نَجْوَى އެއް ކުރާނަމަ (އެބަހީ ތިން މީހަކު ތިބެގެން ސިއްރު ވާހަކައެއް ދައްކާނަމަ) އެމީހުންގެ ހަތަރުވަނަ މީހަކަށް ﷲ ވޮޑިގެންވެއެވެ. (އެއީ އެކަލާނގެ ދެނެވޮޑިގަތުމާއި، قُدْرَة ތެރިވަންތަ ކަމުގެ ގޮތުންނެވެ. އެބަހީ ހަތަރުވަނައަށް އެކަލާނގެ ދެނެވޮޑިގަތުމާއި، قُدْرَة ތެރިވަންތަ ކަމުގެ ގޮތުން އެކަލާނގެ ވޮޑިގެން ވާނެއެވެ.) އަދި ފަސް މީހުން نَجْوَى އެއް ކުރަންޏާ، ހަވަނައަށް އެކަލާނގެ ވޮޑިގެން ވެއެވެ. އަދި ކިތަންމެ މަދު ބަޔަކު نَجْوَى ކުރިޔަސް، އަދި ކިތަންމެ ގިނަ ބަޔަކު نَجْوَى ކުރިޔަސް، އަދި ކޮންމެ ތާކު ކުރިޔަސް، އެތަނެއްގައި އެ ބައެއްގެ ތެރޭގައި (ދެނެވޮޑިގަތުމާއި، قُدْرَة ތެރިކަމުގެ ގޮތުން) އެކަލާނގެ ވޮޑިގެން ވާނެއެވެ. ދެން އެމީހުން އެކުރި ހުރިހައި ކަމެއްގެ، އަދި ދެއްކި ވާހަކައެއްގެ خَبَر قِيامَة ދުވަހުން އެކަލާނގެ ދެއްވާނެއެވެ. ހަމަކަށަވަރުން ﷲ تَعالَىއީ ހުރިހައި ކަމެއް ދެނެވޮޑިގެންވާކަލާނގެއެވެ.