Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah Al-Mujadila — Ayah 8

58:8
أَلَمۡ تَرَ إِلَى ٱلَّذِينَ نُهُواْ عَنِ ٱلنَّجۡوَىٰ ثُمَّ يَعُودُونَ لِمَا نُهُواْ عَنۡهُ وَيَتَنَٰجَوۡنَ بِٱلۡإِثۡمِ وَٱلۡعُدۡوَٰنِ وَمَعۡصِيَتِ ٱلرَّسُولِۖ وَإِذَا جَآءُوكَ حَيَّوۡكَ بِمَا لَمۡ يُحَيِّكَ بِهِ ٱللَّهُ وَيَقُولُونَ فِيٓ أَنفُسِهِمۡ لَوۡلَا يُعَذِّبُنَا ٱللَّهُ بِمَا نَقُولُۚ حَسۡبُهُمۡ جَهَنَّمُ يَصۡلَوۡنَهَاۖ فَبِئۡسَ ٱلۡمَصِيرُ ٨
نَجْوَى ކުރުން އެބަޔަކަށް ނަހީ ކުރެވުނުމަށްފަހު ދެން އަލުންވެސް އެކަމަށް އެމީހުން رُجُوع ވެ، نَجْوَى ކުރަމުންދާ މީހުންނަށް ކަލޭގެފާނު ނުބައްލަވަމުތޯއެވެ؟ އެމީހުން نَجْوَى ކުރަމުން އެ ދަނީ ފާފަވެރި ވެވޭ، އަދި عَداوَة ތެރި ވެވޭނޭ ގޮތުންނެވެ. އަދި رَسُولُ اللَّهِ ﷺ އާއި އުރެދުމުގައެވެ. އަދި ކަލޭގެފާނުގެ އަރިހަށް އެމީހުން އަތުވެއްޖެއްޔާ އެމީހުން ކަލޭގެފާނާ އެ ސަލާންކުރަނީ ﷲ ކަލޭގެފާނަށް ސަލާންކުރައްވާފައި ނުވާ ފަދައަކުންނެވެ. އަދި އެފަދައިން ކަންކޮށްފައި، އެމީހުން އަމިއްލަ-އަމިއްލައަށް ބުނެއެވެ. [އަހުރެމެން މި ކުރި ކަންތަކަށް، އަހުރެމެން މި ބުނި ބަހަށް ﷲ އަހުރެމެންނަށް އަނެއްކާ عَذاب ނުދެއްވާނޭ ބާވައެވެ؟ عَذاب ދެއްވާފާނޭ ކަންވެސްނޭނގެއެވެ.] އެމީހުންގެ އެ ނުބައިކަމަށް ނަރަކަ ފުދެއެވެ. قِيامَة ދުވަހުން އެމީހުން އެތާ އަނދާނެއެވެ. އެއީ ގޮސްތިބުން ވަރަށްވެސް ނުބައިވެގެންވާ ތަނެކެވެ.\nމި ދެއާޔަތުގައި ސިފަވެގެން މިދަނީ رَسُولُ اللَّهِ ގެ ޒަމާނުގައި يَهُودِي ންގެ ބަޔަކު ކަންތައް ކުރި ގޮތެއްގެ ވާހަކަ އަކާއި، އެބައިމީހުންގެ آخِر ނަތީޖާގެ ވާހަކައެވެ. (ألْواحِدِى ވިދާޅުވިއެވެ. [تَفْسِير عِلْم ވެރީން ވިދާޅުވިއެވެ. مُنافِق ންގެ މީހުންނާއި، يَهُودِي ންނާ ދެބައިމީހުން އެއްވެ ތިބެގެން ސިއްރު ވާހަކަ ދައްކާ ކަމުގައި ވިއެވެ. އެމީހުން مُؤْمِن ންގެ މީހުންނަށް ހީކުރުވަނީ مُؤْمِن ންގެ ނުބަޔަށް ސިއްރު ވާހަކަ ދައްކާ ކަމަށެވެ. ދެން އޭގެ ސަބަބުން مُؤْمِن ންގެ މީހުންނަށް ވަރަށް ހިތާމަވެރިކަން އާދެއެވެ. އެޒަމާނަކީ ހަނގުރާމައިގެ ވަގުތެވެ. އަދި مُؤْمِن ންނާއި، يَهُودِي ންނާ ދެމެދު صُلْح ގެ مُعاهَدَة އެއް ވެސް ވެފައިވާ ވަގުތެވެ. ދެންފަހެ، މި يَهُودِي ންގެ މި عَمَل ގިނަވެގެން مُؤْمِن ން رَسُولُ اللَّهِ ﷺ އަށް އެކަމުގެ شَكْوَى ދަންނަވައި ހަދައިފިއެވެ. އެހެންވެ رَسُولُ اللَّهِ ﷺ، يَهُودِي ންނަށް އެކަން މަނާކުރައްވައި، ނަހީކުރައްވައިފިއެވެ. އެހެން ނަމަވެސް އެމީހުން އެކަމުން މަނާވެ، ދުރުނުވިއެވެ. އިސްވެދިޔަ ދެ آيَة ގައި އެ އިޝާރަތް ކުރައްވާ އެއްކަމަކީ އެއީއެވެ. = فَتْحُ الْقَدِير =\nއަނެއް ވާހަކަޔަކީ يَهُودِي ންގެ މީހުން رَسُولُ اللَّهِ ﷺ ގެ އަރިހަށް އައިސް އެކަލޭގެފާނަށް ނުބައި عِبارة ން سَلام ކުރާ ވާހަކައެވެ. سَلام ކުރުމަށް އެމީހުން ބޭނުންކުރާ عِبارة އަކީ (السَّامُ عَلَيْكَ އެވެ. އޭގެ މުރާދަކީ އެކަލޭގެފާނު މަރުވުމަށް އެމީހުން دُعاء ކުރުމެވެ.) = فَتْحُ الْقَدِير =\nﷲ سُبْحانَهُ وَتَعالَى مُؤْمِن ންނަށް އެކަންކަން އަންގަވައި، އެ مُنافِق ންނާއި، يَهُودِي ންގެ خَبَر ތައް بَيان ކުރެއްވީއެވެ. އެމީހުން مُؤْمِن ންނަށް ނުބައިހީކުރުވުމަށްނުބައި ސިއްރު ވާހަކަ ދައްކާން ތިންމީހުން ތިއްބަސް ހަތަރުވަނަޔަށް އެކަލާނގެވޮޑިގެން ވާނޭ ކަމާއި، ކިތަންމެ މަދު ބަޔަކު ތިއްބަސް، އަދި ކިތަންމެ ގިނަ ބަޔަކު ތިއްބަސް، އަދި ކޮންމެ ތާކު ތިބެގެން ވާހަކަދެއްކިޔަސް ﷲ އެކަން ދެނެވޮޑިގެންވާނޭކަން އަންގަވައި بَيان ކުރެއްވީއެވެ. އަދި އިސްވެ ދިޔަފަދަ ނުބައި عَمَل ތައް ކުރާ މީހުންގެ ޖާގަޔަކީ قِيامَة ދުވަހުން ނަރަކަ ކަމާއި، އެމީހުންނަށް އެތަން ފުދޭވަރު ވާނޭކަންވެސް އެންގެވީއެވެ. މި ވާހަކަތައް ދިގުކޮށް تَفْصِيل ކޮށް تَفْسِير ފޮތްތަކުގައި ލިޔެވިގެން ވެއެވެ. އެހެންވެ، އެ ވާހަކަތައް ހަނދާންކޮށްލީއެވެ.