Abu Bakr Ibrahim Ali (Bakurube)

Ayah by Ayah

Tags

Download Links

Abu Bakr Ibrahim Ali (Bakurube) translation for Surah As-Saf — Ayah 13

61:13
وَأُخۡرَىٰ تُحِبُّونَهَاۖ نَصۡرٞ مِّنَ ٱللَّهِ وَفَتۡحٞ قَرِيبٞۗ وَبَشِّرِ ٱلۡمُؤۡمِنِينَ ١٣
އަދި ތިޔަބައިމީހުން އެ ފައިދާއަކަށް ޓަކައި ލޯބިކުރާނޭ އެހެން ފައިދާއެއް ވެއެވެ. އެއީ ﷲ ގެ حَضْرَة ން ވާ نَصْر އާއި، ކާމިޔާބެވެ. އަދި فَتْح އެވެ. (مَكَّة فَتْح ވުމެވެ.) އަދި مُؤْمِن ތަކުންނަށް އުފާވެރިކަމުގެ خَبَر ދެއްވާށެވެ.\nދަންނައެވެ. އިސްވެދިޔަ ދެތިން آيَة ގައި ﷲ بَيان ކުރައްވާފައި އެވާ ނަފާ އެހައިބޮޑު ވިޔަފާރިއަކީ މިއަދު އަޅުގަނޑުމެންނަށް ބައިވެރި ވެވިދާނޭ ވިޔަފާރިއެކެވެ. އެއް ފަރާތުން ހުށައަޅާންޖެހޭ މުދަލަކީ ﷲ އަށާއި، އެކަލާނގެ رَسُوْل އާއަށް إِيْمَان ވުމާއި، ދެން ތިމާމެންގެ މުދަލާއި نَفْس ތަކުން ﷲ ގެ މަގުގައި جِهاد ކުރުމެވެ. މި ތަކެތީގެ ބަދަލުގައި ﷲ ދެއްވަން އެ އަންގަވަނީ ދުވަހަކު ނިމުމެއް ނުވާ ބޮޑު نِعْمَة އެވެ. އެއީ ފާފަ ފުއްސަވައި ދެއްވުމާއި އެތަންތާނގެ ދަށުން އާރުތައް ހިނގަހިނގައި އޮންނަ ސުވަރުގެތަކަށް ވެއްދެވުމާއި، قائِم ވެ ތިބޭ ސުވަރުގެއިން މާތްވެގެންވާ ގޯތިގެދޮރު ދެއްވުމެވެ. އަދި މީގެ އިތުރުން އެހެން ފައިދާއެކެވެ. އެއީ ދުނިޔެމަތީގައި ދެއްވާނޭ ފައިދާއެވެ. ކުރީން ދެންނެވިގެން އެވަނީ قِيامَة ދުވަހުން ހުރި ފައިދާއާއި، ބޮޑުވެގެންވާ ނަސީބެވެ. ދުނިޔެމަތީގައިވާ ފައިދާއަކީ ﷲ ގެ نَصْر އާއި، فَتْح ދެއްވުމެވެ. ފަހެ މި ވިޔަފާރީގެ ނަފާ ބޮޑުކަމާއެވެ!